ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަނުން ހޮނިހިރު ދުވަހުވެސް ޕާސްޕޯޓް ދޫކުރަން ނިންމައިފި

L 2023 05 09 112126 W2bgm3zckv41hi8led7qafpnotjur965ysx En

އިމިގްރޭޝަނުން މިއަދު އިޢުލާނުކުރި ގޮތުގައި، ސަބަތު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ހިމެނޭ އިމިގްރޭޝަންގެ ތިން އޮފީހަކުން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެއެވެ.

މި ޚިދުމަތް ލިބޭނެ ތަންތަނަކީ:
1. ވެލާނާގޭގައި ހުންނަ އިމިގްރޭޝަންގެ މާލޭ އޮފީސް
2. ހުޅުމާލެ ފޭސް 1 ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގގެ އިމިގްރޭޝަން އޮފީސް
3. ހުޅުމާލެ ފޭސް 2 ގެ ވިނަރެސްގައި ހުންނަ އިމިގްރޭޝަން އޮފީސް

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން މުޙައްމަދު ވިދާޅުވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ނިންމި ނިންމުމެކެވެ.

އިތުރުން، މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ކުރިއެކޭ އެއްފަދައިން 24 ގަޑިއިރު ޚިދުމަތް ލިބެން ހުންނާނެ ކަމަށްވެސް ޝަމްއާން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތްތައް ލިބޭނެ ދުވަސްތަކާއި ގަޑިތައް އިއުލާން ކޮށްފި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 7 ތަނެއް ބަލައި ފާސްކޮށް ފިޔަވަޅު އަޅައިފި

ރޭ ހިންގި މާރާމާރީއާ ގުޅިގެން 3 ބިދޭސީން ޑީޕޯޓްކޮށްލަނީ