ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ އެހީތެރިކަމާއެކު ސެން ކްލާސްތައް އަޕްގްރޭޑްކޮށްފި

Https Www.bankofmaldives.com.mv Storage Article 738 9000 1737708623.17377086232636 (1)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމަޢުއަށް ޚިދުމަތް ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ވަނީ ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގެ ސަބަބުން، މި ދެ ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 200 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ ސްކޫލަށް ފޯރުކޮށްދެވުނު އެހީގެ ތެރޭގައި ކްލާސްރޫމްތައް މަރާމާތުކުރުމާއި، ދަރިވަރުންގެ ތަޢުލީމީ ބޭނުންތަކަށް އަމާޒުކޮށްގެން ހޯދާފައިވާ އުނގެނުމުގެ ވަސީލަތްތައް ހިމެނެއެވެ. މި ވއެވެ. މި ވަސީލަތްތަކަކީ ދަރިވަރުންގެ ޤާބިލުކަން އިތުރުކުރުމަށާއި، އިޖުތިމާޢީ ގުޅުން ބަދަހިކޮށް، މުޖުތަމަޢުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދޭނެ ތަކެތިކަމުގައި ބޭންކުން ފާހަގަކުރެއްވިއެވެ.

Https Www.bankofmaldives.com.mv Storage Article 738 8996 1737708546.17377085467237
ބީމެމްއެލްގެ އެހީތެރިކަމުގައި ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްޤީކުރުން. ފޮޓޯ: ބީމެމްއެލް

ފާއިތުވި އަހަރުތަކުގައި، ބީއެމްއެލްއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައެވެ. މީގެ އިތުރުން، ޢިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ޤާއިމުކުރުމަށާއި، އަތޮޅުތަކުގެ ސްކޫލުތަކުގެ ކޮމްޕިއުޓަރ ލެބްތައް ތަރައްޤީކުރުމަށްވެސް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި