ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަން ދާއިރާއިން ސަޢުދީއާއެކު މަޢުލޫމާތު ބަދަލުކުރުމާއި ތަމްރީންތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

Gh Wleraqaeer9e

ރާއްޖޭގެ އިމިގްރޭޝަންގެ ދާއިރާއިން މަޢުލޫމާތު ބަދަލުކުރުމާއި ތަމްރީން ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕާސްޕޯޓްސްގެ ދަޢުވަތަކަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސަޢުދީގެ ވެރިރަށް ރިޔާޒަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ކޮންޓްރޯލަރ ޖެނެރަލް ޝަމްޢާން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕާސްޕޯޓްސްގެ މޭޖަރ ޖެނެރަލް ޑރ. ސާލިޙް އަލްމިރްބާއާއި، އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

Gh Won3bwaaxqrk

މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އިމިގްރޭޝަން ދާއިރާއާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް ބަދަލުކުރެވުނެވެ. މީގެ ތެރޭގައި ވިސާ ދޫކުރުމާއި، ބޯޑަރ މެނޭޖްމަންޓާއި ސްކިލް ޑިވެލޮޕްމަންޓް ފަދަ އިމިގްރޭޝަން މަރުހަލާއާ ބެހޭ މަޢުލޫމާތުތައް ހިމެނެއެވެ.

އަދި މީގެ އިތުރުން، އިމިގްރޭޝަން އޮފިސަރުން ތަމްރީނު ކުރުމުގެ ފުރުސަތުތަކާއި، މަޢުލޫމާތު ބަދަލުކުރުމާއި، އިންޓެލިޖެންސް ހިއްސާކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އިމިގްރޭޝަން ދާއިރާގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖޭގެ އިމިގްރޭޝަން ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދު ކުރެވެއެވެ. ޚާއްޞަކޮށް އިމިގްރޭޝަން އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަށާއި، ދެ ޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތްތައް ލިބޭނެ ދުވަސްތަކާއި ގަޑިތައް އިއުލާން ކޮށްފި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 7 ތަނެއް ބަލައި ފާސްކޮށް ފިޔަވަޅު އަޅައިފި

ރޭ ހިންގި މާރާމާރީއާ ގުޅިގެން 3 ބިދޭސީން ޑީޕޯޓްކޮށްލަނީ