ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އަލިފާނުގެ ހާދިސާއާއި ގުޅިގެން 22 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފި

Original 1737609392152

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މަޢުލޫމާތު ދެއްވައިފިއެވެ.

މި ހާދިސާ ހިނގިކަން ރިޕޯޓުކުރެވިފައިވަނީ ރޭ ފަތިހު 04:20 ހާއިރުގައެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރުގައި ކަމަށާއި، އަލިފާން މުޅިން ނިއްވާލެވުނީ ހެނދުނު 06:00 ގައި ކަމަށް އެމް.އެން.ޑީ.އެފްއިން ހާމަކުރެއްވިއެވެ.

އެން.ޑީ.އެމް.އޭއިން މަޢުލޫމާތު ދެއްވިގޮތުގައި، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 19 ބިދޭސީންނެވެ. މި ފަރާތްތަކުގެ ތެރެއިން 5 ގޭބީސީއެއްގެ 14 ދިވެހިންނާއި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދެމުންދާ ކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވިއެވެ.

Original 1737593307214
ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާ

މީގެ އިތުރުން، ބިދޭސީ އެއް ޢާއިލާ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަލުވެފައިވާ ކަމަށާއި، 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެން.ޑީ.އެމް.އޭއިން ހާމަކުރެއްވިއެވެ.

އެމް.އެން.ޑީ.އެފްގެ މާލެ ފަޔަރ ސްޓޭޝަންގެ އޮފިސަރ ކޮމާންޑަރ، ލެފްޓިނެންޓް އަޙްމަދު ފިރުޝާން ވިދާޅުވިގޮތުގައި، މި ހާދިސާގައި އަލިފާން ރޯވެފައިވަނީ މއ. ސްޕްރިންގް ރިވާ ގޭގެ 1 ވަނަ ފަންގިފިލާގައި ހުންނަ ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން، އެ ސަރަޙައްދުގެ ބައެއް އިމާރާތްތަކަށް ފެން ޖަހައި، އިމާރާތްތަކުން މީހުން ހުސްކުރެވުނު ކަމަށް އޭނާ ހާމަކުރެއްވިއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި އާންމު ރައމު ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނުކަން އެމް.އެން.ޑީ.އެފްއިން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް، ޣައްސާންގެ ތަޢުރީފު

އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑު އުޅަނދެއް ހަދިޔާކުރަނީ

ޤައުމީ ދިފާއީ ބާރަށް އަލަށް ތައާރަފްކުރި ނިޝާން ރައީސް އިފްތިތާޙްކޮށްދެއްވައިފި

ޤައުމުގެ މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ އުފުލާނީ ދިވެހި ސިފައިން – ރައީސް

TTH_advertisement