ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ފަޒުލްއަށް އެޗްޑީސީގެ ރަސްމީ ލިއެކިއުންތަކެއް ނައްތާލިކަމުގެ ކުށުގެ ތުހުމަތު ކުރެވެނީ

381909 3 2d3e7a0eb49e77d4f0de615b53b99882bb1efb02 Medium

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ސުހައިލް އަހުމަދު ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވެނީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލުމުގެ ކުށުގެ މައްސަލައިގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ފަޒުލްއާ ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ފަޒުލްގެ މައްޗަށް ނެރެފައިވާ ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތްކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މި މައްސަލައަކީ ފަޒުލްގެ ބޭބެ، ފަޟީލް ރަޝީދަށް އުސޫލުން ބޭރުން ހުޅުމާލެއިން ގޯއްޗެއް ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން ފެށުނު މައްސަލައެކެވެ. ކުރީގެ ސަރުކާރުގެ “ބިންވެރިޔާ” ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަޟީލްގެ ނަން އޮތީ ގޯއްޗަށް ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ނަމަވެސް، އޭނާއަށް ރަޖިސްޓަރީއެއް ލިބި، އެ ގޯތީގައި އިންފާރު ވެސް ރާނާފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ފަޒުލްގެ ގެ ބަލައި ފާސްކުރުމަށްފަހު، ބައެއް އިލެކްޓްރޯނިކް ސާމާނާއި 1.4 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ފައިސާއާ ގުޅޭގޮތުން ސުވާލު އުފެދެމުންދަނިކޮށް، “ރިލެކްސް ފެރީ ސަރވިސް” އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށާއި، އިތުރު ލޯންޗެއް ބަނުމަށް މަޝްވަރާކޮށް މިދިޔަ އަހަރުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދީފައިވާނެ ކަމަށެވެ.

ފަޒުލް ވިދާޅުވެފައިވަނީ، ބިންވެރިޔާ ސްކީމާ ގުޅުވައި އޭނާއަށް ކުރާ ތުހުމަތުތަކުގައި އެޗްޑީސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަވާނެކަމުގެ އުންމީދު ފާޅުކުރައްވައި، ތަޙުޤީޤަށް ފުރުޞަތު ދިނުމަށާއި ކުންފުނީގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދިއުމަށް ފުރުޞަތު ދިނުމަށްޓަކައި މަޤާމުން އިސްތިޢުފާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ފަޒުލްއާއި ފަޟީލްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement