ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ހުރިހާ ކުލާސްރޫމަކީ އިޔާދަކުރަނިވި ހަކަތައިން ފިނިކުރެވޭ ތަންތަނަށް ހެދޭނެ: ރައީސް

Img 4034
STO_Ads
TTH_Ads
Advertisement

ޤައުމެއްގެ ޙަޤީޤީ ތަރައްޤީ ގެނެވޭނީ އެ ޤައުމެއްގެ ޒުވާން ޖީލަށް ފެންވަރު ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ގޮތުން، ވަށާޖެހޭ ތަރައްޤީއަރައްޤީއަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުން ކަމުގައި އެ މަނިކުފާނު ފ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ވާހަކަފުޅުތައް ދެއްކެވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ހަރުދަނާ ގޮތެއްގައި، ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ މާޙައުލެއްގައި ކިޔަވައިދެވޭނެ ގޮތް މަގުފަހިކޮށްދިނުމަކީ އެންމެ ރަނގަޅު ނަތީޖާއާއި ޙަޤީޤީ އުފާވެރިކަން ލިއްބައިދޭނެ ކަމެއް ކަމުގައެވެ. އެހެންކަމުން، 2025 އަދި 2026 ވަނަ އަހަރު ސްކޫލުތަކާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި އެހެނިހެން ކަންކަމަށް އިސްކަންދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވައި، މި އަހަރުގެ ބާކީ އޮތް މުއްދަތުގައި، މާތްﷲގެ އިރާދަފުޅާއެކު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ހުރިހާ ކުލާސްރޫމަކީ އިޔާދަކުރަނިވި ހަކަތައިން ފިނިކުރެވޭ ތަންތަނަށް ހެދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރ. ހުޅުދުއްފާރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށާއި، މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން، ސްކޫލަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭރުގެ އެކި ރަށްރަށުން ގިނަ ޢަދަދެއްގެ ދަރިވަރުން ހުޅުދުއްފާރަށް ހިޖުރަކޮށްފައިވާތީ، ދަރިވަރުންނަށް ލުއިފަސޭހަވާނެ ގޮތަށް ދަނާލުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

Dsc 3622 (1)
ރައީސު މުޢިއްޒު ރ. ހުޅުދުއްފާރު ރައްޔިތުންނާއި ބައްދަލުކުރެއްވުން . ފޮޓޯ : ރައީސް އޮފީސް

ކަމަށާއި، އިންޑޯރ އަދި އައުޓްޑޯރ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ކުޅިވަރު ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި އެހެނިހެން ކަންކަމަށް އަލިއަޅުވާލައްވަމުން، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫޢުތައް ހިންގައި ނިންމުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މި ގޮތުން ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށާއި، ބޭރު ތޮށީގެ ބޭނުން ހިފޭނެ ފަދަ ގޮތަކަށް ބަނދަރުގެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ނިންމަވާލެއްވީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަން ޙަޤީޤަތަކަށް ހެއްދެވުމަށް މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވިދާޅުވަމުންނެވެ. އަދި މާތްﷲާތްﷲގެ އިރާދަފުޅާއެކު ދެން ހުޅުދުއްފާރަށް ވަޑައިގަންނަވާނީ، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސް ނިންމާލުމުގެ އުފަލުގައި ރައްޔިތުންނާއެކު ބައިވެރިވުމުގެ އުންމީދުގައި ކަމުގައި ވިދާޅިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ދިނުމުގެ ސަރުކާރުގެ އަމާޒާ ގުޅޭގޮތުން ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްއިން ހުޅުދުއްފާރުގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރ. ހުޅުދުއްފާރު ކައުންސިލާ ޙަވާލުކުރުމުގެ އެއްބަސްވުމާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭ.ޓީ.އެމް ޚިދުމަތް ރ. ހުޅުދުއްފާރަށް ތަޢާރަފުކޮށް އިފްތިތާޙުކުރުމުގެ އެއްބަސްވުމެވެ. މި ދެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުރިއަށް އޮތް ހަ މަހުގައި އޮންނާނީ ބައޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓުކުރުން: ރައީސް

Original

ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

addu

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

moosun

މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިލްތިމާސްކޮށްފި