ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ މެދުތެރޭގައި ރ އަތޮޅާއި ބ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށާނެ

Big 9yanjxlfte6rlue58beoup11l 850x548
އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތަކެއް. ފޮޓޯ: އެމްޓީސީސީ

މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ރ އަތޮޅާއި ބ އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރ. އުނގޫފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާރުޓީއެލް ފެރީގެ ޚިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ރ. އަތޮޅުގައިކަމަށެވެ. އެއަށް ފަހު ބ. އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ޚިދުމަތް މިއަހަރުގެ މެދެއްހާތަނުގައި ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށެވެ. ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

“މިއަހަރު ނިމިގެންދާއިރު ޚިދުމަތް ނުފަށައި ހުރި ރަށްތަކުގައި ޚިދުމަތް ފަށާނެ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކް، އާރްޓީއެލްގެ ޚިދުމަތް ރ. އަދި ބ. އަތޮޅުގައި ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ. އެދުވަހު ވަނީ ނ. އަތޮޅުގައިވެސް ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ވަނީ ފަށާފައެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދެއެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި