ކުއްލި ޚަބަރު

މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

ހަތަރު ވަޒީރުންނަށްވެސް މަޖިލީހުން ރުހުން ދީފި

472788698 2013532622479412 5393094689210675953 N 1 1536x864

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ދަށުން އައްޔަނުކުރެއްވި ހަތަރު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ދާދިދެއްމެއަކު ރުހުން ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ވަޒީރުންނަކީ:

  • މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން: މޫސާ ޒަމީރު (ތ. ބުރުނި، ނިވައިދޮށުގެ)
  • މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑރ. އަލީ ހައިދަރު އަހްމަދު (މއ. ވެނީލާގެ)
  • މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ: ޑރ. މަރްޔަމް މާރިޔާ (މއ. މާރާދަގެ)
  • މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ: ޑރ. އަބްދުﷲ މުއްތަލިބު (ގދ. ފިޔޯރީ، ގުލްބަކާގެ)

ޒަމީރު އައްޔަންކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 69 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް ،މެންބަރަކު ވޯޓު ދެއްވާފައެެއް ނުވެއެވެ. ހައިދަރު އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 63 މެންބަރުންނެވެ. ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވާފައި ވެެެއެވެ.

މާރިޔާ އާއި މުއްތަލިބު އައްޔަން ކުރުމަށް ފެންނަ ކަމަށް 70 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.

ގުޅުންހުރި

Original 1737593307214

މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ

Afp 20240828 36ey2ph V1 Highres Palestinianisraelconflictwestbank 1724919833

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ