ކުއްލި ޚަބަރު

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

ހަކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ރާއްޖެއިން ބޭރުގައި ހަދައިފި

Big Ha7wkwg6nahyhc5m6klrk0rp2

ތެލެސީމިއާ ކުދިންގެ ތެރެއިން ހަ ކުއްޖަކު ސަރުކާރު ހަރަދުގައި ބޯންމެރޯ ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް އިން “އެކްސް”ގައި މިއަދު ކުރި ޕޯސްޓްގައިވާ ގޮތުން އެ ތަނުގެ އެހީތެރިކަމާއެކު ރާއްޖެއިން ބޭރުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހަ ކުއްޖަކު ހަދައި، އެނބުރި ރާއްޖެ އައިސްފައި ވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ތެލެސީމިއާ ހުންނަ ކުދިންގެ އަޅާލުން އިތުރަށް ހަރުދަނާ ކުރުމަށް ދެމިތިބި ކަމުގެ ހެއްކެއް ކަމަށް އެ ޕޯސްޓުގައިވެއެވެ.

މިސަރުކާރުން ބޯން މެރޯ ހެދުމަށް މިދިޔަ އަހަރު ތެރޭގައި 14 ކުދހިން ވަނީ ފޮނުވާފައެވެ.

ސަރުކާރުން ނިންމަވާފައިވާ ގޮތުގައި، ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެއެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބޯންމެރޯ ހަދަން އެދި ހުށަހަޅާފައިވާ ކުދިންގެ ތެރެއިން، ސިއްޙީ ޙާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިއީ މިސަރުކާރުގެ 100 ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ގުޅުންހުރި

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ

Afp 20240828 36ey2ph V1 Highres Palestinianisraelconflictwestbank 1724919833

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

324900 3 3511e646f2f896d1a76d9cbd82ebc4bd09e4c267 Medium

ރޫހާނީ ފަރުވާ ރާއްޖެގައި އިޝްތިހާރު ކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި