ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

އުފެއްދުންތެރިކަމުގެ މައުރަޒުގައި ގިނަދާއިރާތަކުގެ އުފެއްދުންތަށް މިފަހަރު ފެނިގެންދާނެ

Maurazu 2048x1347

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ” ގައި ބައިވެރިވުމަށް މިހާތަނަށް 67 އެޕްލިކޭޝަން ލިބިފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި ފުރިހަމަ އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.

މި މައުރަޒާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށެވެ. ބީސީސީއިން ވިދާޅުވީ:-

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ވެބްސައިޓް އިފްތިތާހްކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި. މިހާތަނަށް މި މައުރަޒުގައި ބައިވެރިވުމަށް 67 ފަރާތަކުން 93 ޕްރޮޑަކްޓް ހުށައަޅާފައިވައިވޭ. އަދި މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސްވަނީ ހުޅުވާލާފައި. މިމައުރަޒުގައި އެކިއެކި ދާއިރާތަކުން ދިވެހިންގެ އުފެއްދުންތެރިކަން ދައްކާލުމުގެ ފުރުޞަތު ލިބޭނެ. އަދި މިއީ ދިވެހިންގެ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެއް.

މި މައުރަޒާ ގުޅޭގޮތުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒުކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ވާދަވެރި ގޮތެއްގައި ބޭއްވޭ މައުރަޒަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިމައުރަޒުގެ ތެރެއިން ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތައް ކުރިއަށްދާނެއެވެ.

ޒިޔާއު ވިދާޅުވީ މި މައުރަޒް ވެގެންދާނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ކުދި ވިޔަފާރިތަކާއި އެހެން ވިޔަފާރިތަކާއި ގުޅުވާލަދޭ އަދި ފަންނުވެރިންނާއި ވިޔަފާރިތަކާއިވެސް ގުޅުވާލަދޭނެ ބޮޑު މައުރަޒަކަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމް.ޕީ.އެލް އިން ފުވައްމުލަކު ވިޔަފާރިވެރިންނަށް އަމާޒުކޮށް ޙައްސަ ބިޒްނަސް ފޯރަމެއް ބާއްވައިފި

TTH_advertisement