ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޤްތިޞާދީ މަސައްކަތްތަަކަށް ފަޅުރަށް ހަވާލުކުރުން ކައުންސިލްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް

Bfad0150 835a 11e9 Bda2 8286175bc410 972x 182216

އިޤްތިޞާދީ މަސައްކަތްތަަކަށް ފަޅުރަށް ހަވާލުކުރުން ވެގެންދާނީ ކައުންސިލްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ކައުންސިލްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތާ އެއްގޮތަށް، ޕްރޮޕޯސަލް ހުށަހެޅި ތިން ކައުންސިލަކަށް ފަޅުރަށްތައް ހަވާލުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމައިފިއެވެ.

މިމުހިންމު ނިންމުން އިޢުލާންކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އެވެ. އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ފަޅުރަށްތައް ހަވާލުކުރެވޭ ކައުންސިލްތަކަކީ ރ. އިންގުރައިދޫ ކައުންސިލް، ދާލު އަތޮޅު ކައުންސިލް އަދި ލ. މާވަށް ކައުންސިލެވެ.

މިކައުންސިލްތަކަށް ރަށްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ ގުޅިގެންނެވެ.

މިނިންމުމަކީ ކައުންސިލްތަކަށް އިތުރު އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭ، އަދި އެ ރަށްތަކުގެ ތަރައްޤީގައި ކައުންސިލްތަކުގެ ދައުރު އިތުރަށް ފުޅާކުރެވޭނެ މުހިންމު ފިޔަވަޅެކެވެ. މިކައުންސިލްތަކަށާއި އެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީރު އާދަމް ޝަރީފް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muizzu-councils

ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް 634 މިލިޔަން ރުފިޔާ ދޫކޮށްފި

minister adam shareef

ކައުންސިލަކީ ރަށެއްގެ އެންމެ އިސް މުއައްސަސާކަން ބަލައިގަންނަން ޖެހޭ: މިނިސްޓަރ

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް