ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީ-ފާސް މެދުވެރިކޮށްނޫނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަދެވޭގޮތަށް ހަދަނީ

Zakariyya2 2048x1365

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް ނިންމަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް އިލެކްޝާން ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ.
މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރަކަށްވުމަށް އެދެވޭގޮތަށް ބަދަލުކުރުމަށް ނިންމާފައިވަނީ މީހާއަށް ނޭނގި ފޯމު ފުރައިގެން ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކުރާ މައްސަލައާ ގުޅިގެން ކަމަށާއި، މި މައްސަލައަކީ މަލްޓި ޕާޓީ ނިޒާމު އުފެދުނީންސުރެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް އެކި ދުވަސްވަރު އެކި ފިޔަވަޅުތައް އެޅުނު ނަމަވެސް، މިކަމަށް ދާއިމީ ހައްލެއް އައިސްފާނުވާކަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް އިން މިގޮތަށް ހާމަކުރައްވާފައި މިވަނީ މީހާއަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ރެޖިސްޓްރީކުރަމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި