ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަންއަށް ޒާހިދާއި ސޮލާހު އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

409397 3 A848bb550cacb1ecf7361fca702548f4dd9ad363 Thumb

މިހާރު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ދެ ބޭފުޅަކު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދެއްވައިފި އެވެ.

މިއަދު ދައުރުން ބޭރުން މިއަދު ބޭއްވެވި މަޖިލީހުގެ ޖަލްސާގައި އީސީގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ރުހުން ދެއްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސަކަށް ކުރިން ހުންނެވި މުހައްމަދު ޒާހިދާއި މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއަކަށް ހުންނެވި އަބްދުއްރަހްމާން ސަލާހު ރަޝީދަށެވެ.

ކޮންމެ ބޭފުޅަކަށް ވަކި ވަކިން ވޯޓަށް އެއްސެވިއިރު އެ ދެބޭފުޅުންނަށް ރުހުން ދެއްވުމަށް ފާސްކުރެއްވީ 68 މެމްބަރުންގެ ވޯޓާ އެކު އެވެ. އެއްވެސް މެމްބަރަކު ރުހުން ދިނުމާ ދެކޮޅަށް ވޯޓު ދެއްވާފައެއް ނުވެ އެވެ. މިއީ އެ މަގާމުތަކަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ދެބޭފުޅުންނެވެ.

އީސީގެ މަގާމުތަކެއް ހުސްވީ، ކުރިން އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަލީ ނަޝާތު އަދި މެމްބަރަކަށް ހުންނެވި މުހައްމަދު އާސިފް މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރެއްވުމުންނެވެ. އެގޮތަށް މަޖިލީހުން ފާސްކުރެއްވީ މިދިޔަ ނޮވެމްބަރު 25 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި