ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ރައީސް ފޮނުއްވެވި ދެނަން މަޖިލީހުންވެސް ފާސްކޮށްފި

Big I7sa1dasum3cwgpnsvffkhcqw

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދެ މެމްބަރަކު އައްޔަނު ކުރުމަށް މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ޖަލްސާގައެވެ. އެގޮތުން އީސީގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ އަބްދުއްރަޙްމާން ސަލާޙު ރަޝީދު އަދި މުހައްމަދު ޒާހިދުއެވެ.

އެއީ އީސީގެ މެންބަރުކަމަށް ހޮވުމަށް ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަމާއި މައުލޫމާތު މަޖިލީހާ ހިއްސާ ކުރެއްވުމުން މަޖިލީހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުއެވެ.

އެ ދެބޭފުޅުން އީސީގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އީސީގެ ދެ މަގާމެއް ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި