ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓޯނިއާގެ ރައީސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި

385477 08e1041c 2

އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސް ދެއްވި ރޭގަނޑުގެ ޚާއްސަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ނައިޓްހުޑް ހައުސްއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކަރިސްއެވެ. ފަރިއްކޮޅަށް އިންސާފުކުރެއްވުމަށް ފެއްޓެވުމުގެ ކުރިން ދެ ލީޑަރުންވެސް ވަނީ މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށާއި މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގެ އުންމީދު އައު ކުރައްވާކަމުގައި ވިދާޅުވެ، ވާހަކަފުޅުދައްކަވާފައެވެ.

385476 59b316d7 7

ފަރިއްކޮޅުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ ތާރީޚީ އެންމެ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދެޤައުމުން ދޭ ސަމާލުކަން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާއެކު އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، އިނޮވޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ތަޢުރީފު ހައްޤު ކާމިޔާބީތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އެ މަނިކުފާނު ވަނީ އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ޤައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އައުކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާއި ހަމައިގައި ކަމަށާއި އެ ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް އިޙުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަޤުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

417829 ba65c4da c

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

78

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

WhatsApp Image 2026 03 20 at 10.01.18

ބީއެމްއެލް އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ