ކުއްލި ޚަބަރު

އިސްރާއީލުން އޮކިއުޕައިޑް ވެސްޓް ބޭންކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައިފި

އެސްޓޯނިއާގެ ތަޢުލީމާއި ދިރާސާ ވަޒީރު، ރައީސް މުޢިޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް

473583863 993159736182597 440579352592982391 N

އެސްޓޯނިއާގެ ތަޢުލީމާއި ދިރާސާ ވަޒީރު، ކްރިސްޓީނާ ކަލާސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވަވައި ފިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑޮކްޓަރ މުޢިއްޒު އެސްޓޯނިއާގެ ތަޢުލީމީ ނިޒާމާ ބެހޭގޮތުން ސުވާލުކުރައްވައި، ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ވަޒީރު ކަލާސް އެސްޓޯނިއާގެ ތަޢުލީމީ އޮނިގަނޑުގެ މައްޗަށް ޚުލާޞާއެއް ދެއްވައި، ދަރިވަރުންނަކީ ކުރިއަރަމުންދާ ވިސްނުމަކާއި ނަތީޖާއަށް އަމާޒުކުރެވިފައިވާ އުސްލޫބެއް ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ތަފުސީލުކޮށް މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް މި ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަށް މައުލޫމާތު ކުރިން ލިބިފައިވެއެވެ.

ގުޅުންހުރި

Dsc 7556 (1)

ރައީސް އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި

Original 1737609392152

އަލިފާނުގެ ހާދިސާއާއި ގުޅިގެން 22 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފި

Img 4237 (1)

ރައީސް މުޢިއްޒު – ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާ ނަމޫނާ ރައީސެއް

330866 3 Bfe7bb13345b73acd0468e93d969c09f550ffc40 Medium

ގެމަނަފުށީގައި ބީޗް ވޮލީބޯޅަ މުބާރާތެއް ބާއްވަނީ