ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަމްސް އެއިޑް އަށް 6 އަހަރު ފުރުން ފާހަގަކޮށްފި

385063 Ff101924 E
TTH_Ads
STO_Ads
Advertisement

މަމްސް އެއިޑްގެ 6 ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ޙަފްލާ ބާއްވާފައިވަނީ ވިލާ ކޮލެޖްގެ ކިއު އައި ކެމްޕަހުގައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އެން.ޖީ.އޯތައް އަދާކުރާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކަށް ވާސިލު ނުވެވި ތިބޭ ފަރާތްތަކާ ހަމަޔަށް ވާސިލުކޮށް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ އެން.ޖީ.އޯތަކަށްކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ސަރުކާރަކުންވެސް އެން.ޖީ.އޯތަކާ ގުޅިގެން މަސައްކަތް ކުރުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

އެ ކަމަނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މުޖްތަމަޢުގެ ތެރެއިން ފެންނަ ނޭދެވޭ ކަންތައްތައް ހުއްޓުވައި، އެންމެންގެ ލާބައަށް މަސައްކަތް ކުރުމުގައި އެން.ޖީ.އޯތަކުން އަދާކުރާ ދައުރަށް ވަނީ ބައްލަވައިލައްވައިފައެވެ. މި މޭރުމުން އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، އަންހެނުންނަށް ކުރާ އަނިޔާތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްކޮށްދީ، އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ ދައްކާއިރު، ޢަމަލީ ގޮތުން މިކަން ހާޞިލްކުރެވޭނީ މިފަދަ އެން.ޖީ.އޯތަކަށް މުޖްތަމަޢުގައި ދެވޭ މަގާމާއި ހަައިސިއްޔަތު ވަރުގަދަ ކޮށްގެންކަމުގައި ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ޙަފްލާގައި، މަމްސް އެއިޑު އުފެދި، މި ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭ ޖަމިއްޔާއިން ކުރި މުހިންމު މަސައްކަތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މަމްސް އެއިޑަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ސްޕޮންސަރުންނާއި ޕާޓްނަރުންގެ އަގުވަޒަންކުރިއެވެ.

2025 ވަނަ އަހަރުގެ މުހިންމު ޙަރަކާތެއްގެ ގޮތުގައި، “ފަންޑް ރެއިޒަރ ފޮރ ހޯޕް ފޮރ މަމްސް ކެމްޕެއިން”ވެސް މި ޙަފްލާގަައި އިފްތިތާޙު ކުރިއެވެ. އަދި މަމްސް އެއިޑުން މިއަހަރަށް ކަނޑައެޅި “2025 އިމްޕެކްޓަރ ޕާޓްނަރުން”ވެސް އިޢުލާނު ކުރިއެވެ.

މަމްސް އެއިޑަށް ކޮށްދިން ޚިދުމަތް ފާހަގަކޮށް، އެ ޖަމްޢިއްޔާގެ 5 މެންބަރަކަށް މި ޙަފްލާގަައި ދިން ހަނދާނީ ފިލާ އެ ފަރާތްތަކާ ޙަވާލުކޮށް ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މަަމްސް އެއިޑަކީ ގިނައެހީތަކެއް ވަމުންދާ ޖަމިއްޔާ އެކެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

460749 42a2f992 0

ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް: ރައީސް

raees muiz

ކުރިއަށް އޮތް ހަ މަހުގައި އޮންނާނީ ބައޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓުކުރުން: ރައީސް

Original

ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

addu

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި