ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުމުރާކުރުމަށް ގުރޫޕަކުން ދިޔަބަޔަކު ހާލުގައިޖެހުމުން އެމީހުންނަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގުޅުއްވައިފި

052a7419 Enhanced Nr 1 1536x1024
TTH_Ads
STO_Ads
Advertisement

ސައުދީގައި ހާލުގައިޖެހި ތާށިވެފައި ތިބި ހިޖްރާ އުމްރާ ގްރޫޕްގެ އުމްރާވެރިންނަށް އިސްލާމިކް މިނިސްޓަރ  ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގުޅުއްވައިފިއެެވެ

އެ އުމްރާ ގްރޫޕްގެ ފަރާތުން ދިޔަ މީހަކު ސޯޝަލް މީޑިޔާތަކުގައި ބުނެފައި ވަނީ އޭނާއަކީ އެ ގްރޫޕްގެ ފަރާތުން އުމްރާއަށް އައިސް ހުރި މީހެއް ކަމަށާއި ކުރިމަތިވެފައިވަނީ އުދަގޫ ހާލަތެއްކަމަށެއެވެ. އަދި މި ގްރޫޕްގައި އޭނާއާއެކު 25 ވަރަކަށް މީހުން އައިސް މައްކާގައި ތިބި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ

ކުޑަކުޑަ ތުއްތު ކުދިންވެސް އެބަތިބި، އަޅުގަނޑުމެން ރާއްޖެއިން ފުރުމުގެ ކަންތައް ދިޔައީ ވަރަށް ހާލުގައި، އުދަގޫ ތަޅުވާ ތަޅުވާފައި އަޅުގަނޑުމެން މިތިބީ ވަރުބަލިވެފައި. ފްލައިޓަކުން މައްކާއަށް ފޮނުވީ، މައްކާގައި އަޅުގަނޑުމެން ތިއްބާ އެއް ރޭ ދަންވަރު އަޅުގަނޑު ހޮޓަލުންވެސް ބޭރުކޮށްލާ މިތިބީ ރާއްޖެއަށް ނާދެވިފައި އެމީހާ ބުނެފައި ވަނީ މިހާރު އުމްރާގެ ހުރިހާ ކަމެއްގައިވެސް ހާލުގައި ޖެހިފައިވާ ކަމަށެވެ

HajjCop_ads
Advertisement

މިމީހުން ހަދަންއުޅޭގޮތެއް ނޭގެ. އެއްވެސް މީހަކަށް މިއަދާހަމައަށް ރިޓާން ޓިކެޓެއް މި މީހުން ނުދޭ، އަދި ޓިކެޓް ނުވެސް ނަގާ އަދިވެސް، ވަޒީފާއަށް ދާންޖެހޭ މީހުންވެސް އެބަތިބި. ޗުއްޓީ ހަމަވެގެން ޑިއުޓީއަށް ދާން ޖެހޭ ބަޔަކު ޑިއުޓީއަށް ނުދެވިފައި މިތިބީ، ސްކޫލް ހުޅުވިގެން ކިޔަވަން ނުދެވިފައި ކުޑަކުދިން އެބަ ތިބި. މިއީ އެހީތެރިކަމަށް ބޭނުންވަވަގުތެއް.

ވަޒީރު ވިދާޅުވީ، މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތްކުރަމުންދާ ކަަމަށެވެ އަދިވާނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދުދީފައިކަމަށެއެވެ.

ވަޒީރު ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ ނުތިބޭނެ ކަމަށާއި، ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށެއެވެ. މުޅިރާއްޖެ މީޑިޔާއަށް މައުލޫމާތު ލިބިފައިވާގިތުގައި މިބެފުޅުންނަށް އެހީތެރިވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެއެވެ.

މައްކާގައި ދަތިޙާލަތެއް މެދުވެރިވެފައިވާ އުމްރާވެރިންގެ ބޭފުޅުންނާ މިރޭ އަޅުގަނޑުވަނީ ގުޅައި ވާހަކަ ދައްކައި މިހާރުގެ ޙާލަތު ބަލައިފައި. އިންޝާ ﷲ އެބޭފުޅުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން، މިނިސްޓަރ ވަޒީރު ވަނީ އުމްރާވެރިންނާ މެދު އިހްމާލުވި ހިޖުރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަހުގީގުކޮށް އަވަސް ފިޔަވަޅު  އަޅާނެ ކަމުގެ ޔަގީންކަވްސް މިރޭ ދެއްވާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

460749 42a2f992 0

ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް: ރައީސް

raees muiz

ކުރިއަށް އޮތް ހަ މަހުގައި އޮންނާނީ ބައޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓުކުރުން: ރައީސް

Original

ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

addu

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި