ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދެއްވައިފި

Img 1667
މިއީ ރައީސްގެ ފޮޓޯއެއް

ޙިޔާނާތާއި ވައްކަމަށް ސަރުކާރުގެ ތެރެއިން އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި، އެފަދަ ކަމެއްގައި ޝާމިލުވާ ކޮންމެ ބަޔަކާއި މެދު އަޅަންޖެހޭ ކޮށްމެ ފިޔަވަޅެއް ވަގުތުން އަޅުއްވާނެކަމަށް ރައީސް މީގެ ކުރިން ވެސް ވިދާޅުވެފައި ވެއެވެ. އަދި ހިޔާނާތުގެ މައްސަލަތައް ދައުލަތުގެ މުވައްސަސާތަކުން ބަލައި ތަހުގީގު ކުރަން ފެށުމުން، ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށް ތަކުރާތު ކޮށް ވަނީ ވިދާޅުވެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައި ނުވާ ބަޔަކަށް، ލިޔެކިއުން ލިބި އިންފާރު ރޭނި މައްސަލަ ގޯސްވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ދަނީ އެކަން ތަހުގީގު ކުރަމުންނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު ހިމެނޭހެން މައްސަލައިގައި ގިނަ ބަޔަކު ވަނީ ސަސްޕެންޑުކޮށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފަ އެވެ. މިގޮތަށް މިކަންކުރުމަށްވެސް ގިަނަބަޔަކުވަނީ ސޯޝަލްމީޑިޔާގައި ގޮވާލާފައެވެ.

މައްސަލަ ފެންމަތިވެގެން އައުމަށް ފަހު ފަޒުލް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ގާނޫނާއި ގަވައިދާއި ހިލާފަށް އެއްވެސްކަމެއްކޮށްފައި ނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ބޭބެ ފަޒީލަށް ވެސް އެއްވެސް ނާޖާއިޒް މަންފާއެއް ނަގައިދީފައި ނުވާނެކަމަށް ނޫސްވެރިންގެ ކުރިމަތީގައި ތަކުރާރުކޮށް ވިދާޅުވި އެވެ

މި މައްސަލައިގައި ސަރުކާރުގެ އިދާރާތަކުން ވެސް ތަހުގީގު ފަށައި، އަވަސް ފިޔަވަޅު އަޅާފައި ވަނިކޮށް ރައީސް  މުއިޒް ވިދާޅުވީ ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދިއެކަން އަމަލީގޮތުން އެމަނިކުފާނުއަންނަނީ ދައްކަވަމުންނެއެވެ.

Img 1438
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ރައީސް ރޭ ލިޔުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ގަވައިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ

އެއްވެސް ބޭފުޅަކު ޤަވާއިދާ ޚިލާފަށް ނުވަތަ ހަމަޖެހިފައިވާ އުސޫލުން ބެރުން އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް ވަގުތުން އަޅާނެ ކަމުގައި ތިޔަބޭފުޅުންނަށް ދަންނަވަން

މީގެއިތުރުން ރައީސް މުއިޒް ވަނީ ކޮރަޕްޝަން ޓޮލަރޭޓް ނުކުރައްވާނެކަމަށާއި، ޒީރޯ ޓޮލަރަންސް އޭގެ ހަގީގީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމަށްވެސް ސަރުކާރުގެ ވެރިންނަށް އަންގަވާފައެވެ.

ކޮރަޕްޝަން ޓޮލަރޭޓެއް އަޅުގަނޑު ނުކުރާނަން، ޒީރޯ ޓޮލަރަންސް ޙަޤީޤީ އަދި ފުރިހަމަ މާނައިގައި ތަންފީޒު ކުރާނަން

ކޮރަޕްޝަންގެ އަމަލުތައް ހިންގާ ނަމަ ސަރުކާރުން އިސްވެ އެ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައީސް ރޭގައިވަނީ ތަކުރާރުކޮށް ދެއްވަ އެވެ. އަދި މަޤާމުގެ ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަށް ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ ސަރުކާރުން އިސްވެ އެމައްސަލައެއް ބަލާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ. މީގެ ކުޑަދުވަސް ކޮޅެއްގެ ކުރިން ފިއުލް ސަޕުލައި މޯލްޑިވިސް ގެ އެމްޑީ އާއިއެކު ގިނަބަޔަކުވަނީ މިފަދަ ތުހުމަތުތަކެއްގައި ވަކިކުރައްވާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ELL Mobile Advertisement TTH_advertisement