ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެލައިޑުން ކޭޝްލެސް ޚިދުމަތް އަލުން ފަށައިފި

Asian Cup Final 2019 Hasan Al Haydos Qatar Japan Takumi Minamino
ރަޝިޔާގެ ހަނގުރާމަމަތީ ޖެޓްތަކެއް: އީރާނުން ރަޝިޔާއަށް މިސައިލް ދިން ކަމަށް ބުނެ އީރާނާ ދެކޮޅަށް ޔޫރަޕާއި އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި. — ފައިލް ފޮޓޯ: އޭއެފްޕީ

ޕްރައިވެޓް އިންޝުއަރެންސްގެ ލިމިޓް ހަމަނުވަނީސް އާސަންދަ ދޫނުކުރަން ނިންމި ނިންމުމާ ގުޅިގެން އެލައިޑުން އިއްޔެ ކޭޝްލެސް ޚިދުމަތް މެދުކަނޑާލި ނަމަވެސް، އެ ޚިދުމަތް މިހާރު އަލުން ފަށައިފިއެވެ. މި މަޢުލޫމާތު އެލައިޑުން ވަނީ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ރޭ ފޮނުވި އީމެއިލަކުން އަންގާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ޕްރައިވެޓް އިންޝުއަރެންސްގެ ލިމިޓް ހަމަވުމަށްފަހު އާސަންދަ ދޫކުރުމަށް އާސަންދަ ކުންފުނިން ނިންމި ނިންމުމާ ގުޅިގެން، އެލައިޑް އިންޝުއަރެންސް ހިމެނޭ ގޮތަށް ބައެއް ކުންފުނިތަކުން ވަނީ ކޭޝްލެސްކޮށް ޚިދުމަތް ދިނުން ހުއްޓާލާފައެވެ. މީގެ ސަބަބުން، އަމިއްލަ އިންޝުއަރެންސް އޮތް ނަމަވެސް، ފަރުވާ ހޯދާ ފަރާތްތަކުން ވަނީ ފުރިހަމަ އަގު ދައްކަންޖެހިފައެވެ. އެ ފައިސާ އަނބުރާ ހޯދުމަށް، ފަރުވާ ހޯދި ފަރާތުން އަމިއްލައަށް އިންޝުއަރެންސް ކުންފުންޏަށް ބިލް ހުށަހަޅަންޖެހެއެވެ.

ނަމަވެސް، އެލައިޑުން މިހާރު ވަނީ މި ނިންމުން ބަދަލުކޮށް، އައުޓްޕޭޝަންޓުންގެ ލިމިޓް ހަމަވަންދެން ކޭޝްލެސްކޮށް ޚިދުމަތް ދިނުމަށް ނިންމާފައެވެ. މިކަން އަންގައި، ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ފޮނުވި މެއިލްގައި ބަޔާންކޮށްފައިވަނީ، އައުޓްޕޭޝަންޓުންގެ ބިލްތައް ސީދާ އެލައިޑަށް ފޮނުވިދާނެ ކަމަށެވެ. އަދި މި ކަމުގައި ދިމާވި ދަތިތަކަށް، ސަރުކާރުގެ އިންޝުއަރެންސް ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވެފައިވަނީ، އާސަންދައިގެ ބަދަލުތަކާ ގުޅިގެން، ޕްރައިވެޓް އިންޝުއަރެންސް ފޯރުކޮށްދޭ ފަރާތްތަކުގެ ޕޯޓަލްތަކުން ބަލިމީހާގެ ބާކީ އޮތް އިންސައްތަ ބަލަންޖެހޭނެ ކަމަށެވެ.

އަދި މި ބަދަލު ގެންނަން ނިންމިކަން އޭޑީކޭއަށް ރަސްމީކޮށް އެންގީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ފަހުން ކަމަށްވާތީ، މުވައްޒަފުން މިކަމަށް އަހުލުވެރިކުރުމަށް ވަގުތު ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އިމަޖެންސީ ފަރުވާ ހޯދުމަށް އަންނަ މީހުންނަށް ކުރިންވެސް އަމަލުކުރަމުން އައި ފަދައިން، ބިލިންގގެ ކުރިން ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

Mussss

ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން މުއިއްޒު އަވަހާރަވެއްޖެ