ކުއްލި ޚަބަރު

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

767

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު އިޢުލާނެއްގައި ވަނީ، ޑެންގީ ހުން ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ޑެންގީ ހުން ފަތުރާ މަދިރީގެ ކިބައިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވުން ނައްތާލުމަށް ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ. މީގެއިތުރުން، މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރުމަށާއި މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުގައިވާ، ފަތިސް ގަޑީގައާއި އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އިރުޝާދު ދީފައިވެއެވެ.

އީޑިސް ކިޔޭ މަދިރިއެއްގެ ސަބަބުން ޖެހޭ މި ބައްޔަކީ ރާއްޖެ ފަދަ ހޫނު ޤައުމުތަކުގައި ވަރަށް އާންމު ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި ހުން އައުމާއި ބޮލުގައި ރިއްސުމާއި ލޮލުގައި ރިއްސުމާއި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ހުން އަންނަ ނަމަ ގިނައިން ދިޔާ ތަކެތި ބޭންކުރުމަށާއި އަރާމުކުރުމަށާއި ޕެރެސެޓެމޯލް/ޕެނަޑޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށެވެ. ހަމައެއާއެކު، ކުޑަކަމުދެވޭ މިންވަރު މަދުވެ، އާދަޔާ ޚިލާފަށް ވަރުދެރަވެ، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައިސް އަދި 3 ދުވަހަށްވުރެ ގިނައިން ހުން އަންނަ ނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށްވެސް ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، މިދުވަސްވަރު ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާގެ އިތުރުން ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކެޑަމީން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގެ މަރަދޫގައި ޚާއްޞަ ފޮތް މައުރަޒެއް ފަށައިފި

އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލެއްވި ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދީފި

addu

އައްޑޫ ސިޓީއަކީ ރާއްޖޭގެ އައިޓީ ހަބެއްގެ ގޮތުގައި ތަރައްޤީކުރަނީ

އަތޮޅުތަކުގައި ޤާއިމުކުރާ ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވަން ތައްޔާރުވެއްޖެ

TTH_advertisement