ކުއްލި ޚަބަރު

ދިއްދޫ ރައްޔިތުން އެދުނުގޮތަށް 112 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފި

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

އެމްޕީއެލް އިން އިއްޔެ 4،135 ޓަނުގެ މުދާ ކްލިއާކުރި، ގިނައީ ކަރާ

ދިއްދޫ ރައްޔިތުން އެދުނުގޮތަށް 112 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފި

66

ހއ. ދިއްދޫ ރައްޔިތުން ބޭނުންވިގޮތަށް އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ދިއްދޫ ހިއްކި ބިމުގައި އެއާޕޯޓެއް ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިތާ 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިމިފައިވާކަމަށެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫން 112 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުންކުރި ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ ބިން ހިއްކުމުގެ މަސައްކަތްތަކަށް ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ޑްރެޖަރެކެވެ.

މިދިޔަ އަހަރު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެއާޕޯޓް އެޅުމަކީ ދިއްދޫ ރައްޔިތުންނަށް އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ. އެހެންކަމުން މި ދައުރުގެ ތެރޭގައި އެ އެއާޕޯޓް ނިންމަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްދޫގައި ރަޖިސްޓްރީވެފައިވާ 5000 އަށްވުރެ ގިނަ މީހުން ތިއްބަސް، އެރަށަށް ވަޒަންވެރިވެފައިވާ އެހެން ރަށްރަށުގެ މީހުންނާއެކު  އެރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިއްދޫ އިސްލާމީ މަރުކަޒުގައި ޙިފްޒު ކްލާސްތައް ފަށައިފި

WhatsApp Image 2026 01 24 at 19.23.29

ދިއްދޫ ފަޅުން 41 ހެކްޓަރުގެ ބިން ހިއްކާލީ އެންމެ 20 ދުވަހުން، މަސައްކަތް ދަނީ ބާރަށް ކުރިއަށް

ދިއްދޫ ބިން ހިއްކުން، މަޝްރޫޢުގެ %36.61 މަސައްކަތް ނިމިއްޖެ

ދިއްދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިމުގެ 21 ހެކްޓަރު ހިއްކައިފި

TTH_advertisement