މާލޭގައި އާއްމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައާއި ޕާކިންގ ޒޯނުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަށް ޓޯވ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
އެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި ގަވާއިދާ ހިލާފަށް ފާކުކޮށްފައި ހުރި އުޅނަދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯން ތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މިއަދުން ފެށިގެން ޓޯވ ކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތުން މާލޭގެ އެކިތަންތަނުގައި ބަހައްޓާފައިހުރި އެއްގަމު އުޅަނދުތައް ރޭގެ 23:30ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިއްޔެ އެދިފައެވެ. އަދި އެ ތާރީހުގެ ފަހުން މާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯން ތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ޓޯވްކޮށް ފުލުހުން ކަނޑައަޅާފައިވާ ތަންތަނަށް ގެންދާނެ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު