ކުއްލި ޚަބަރު

އެމްބިއުލާންސްއަށް ޖާގަނުދިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އެމްބިއުލާންސަށް ދިޔަނުދީ މަގު ބްލޮކްކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އެމޭޒަންއާއި އަލީ އެކްސްޕްރެސް ބްލޮކް ނުކުރޭ، ފަތުރަނީ ދޮގު ވާހަކަތަކެއް!

އެމްބިއުލާންސްއަށް ޖާގަނުދިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ކުއްލި ޙާލަތުގައިދިޔަ އެމްބިއުލާންސްއަށް ޖާގަ ނުދީ އޮތީ މުދާ ބާލަން އޮތް ޕިކަޕު ދުއްވި މީހާއަށް ފިޔަވަޅު އަޅައިފި އެވެ.

ކުއްލި ޙާލަތުގައިދިޔަ އެމްބިއުލާންސްއަށް ޖާގަ ނުދީ ޕިކަޕެއްގައި ހުރި މުދާތައް ހުސްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ވަރަށް ގިނަ ބަޔަކު ދަނީ އެކަން ކުރި މީހާއަށް ފާޑުކިޔަމުންނެވެ. ޕިކަޕު އެ ސަރަޙައްދުން ދިޔައީ އޭގައި ހުރި ހުރިހާ މުދަލެއް ބާލާފަ އެވެ. އޭރު ފަހަތުގައި އެމްބިއުލާންސް އޮވެ ސައިރަން އަޅާތާ އެތައް އިރެއް ވެއްޖެ އެވެ.

އެމްބިއުލާންސްގެ ސައިރަންގެ އަޑު ޕިކަޕު ޑްރައިވަރަށް ނީވޭ ކަމަށް ހީކޮށް ސައިރަންގެ އަޑު ގަދަވިވެސް ކުރި އެވެ. ނަމަވެސް ޖާގަ ދޭން ދެކޮޅު ހަދާ ގަސްތުގައި އެ ޑްރައިވަރު މަޑުކޮށްގެން އޮތީ ޕިކަޕުން ހުރިހާ މުދަލެއް ބާލާ ނިމެންދެނެ އެވެ.

އަދި ޕިކަޕުން މުދާތައް ހުސްކޮށް ދުއްވާލަމުން “އެހެން {ޖާގަ} ނުދެވޭނެ އޭ.. މިއީ މުދަލޭ” ޑްރައިވަަރަކަށް އިން މީހާ ބުނާ އަޑުވެސް އާންމުވެފައިވާ ވީޑިއޯއިން އިވެ އެވެ.

އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ކަމާގުޅޭ އިދާރާތަކުން ދަނީ ބަލަމުންނެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނީ އެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ޑްރައިވަރަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އެ މީހާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލަ އިތުރަށް ބަލަން ދަތުރުފަތުރާއި ބެހޭ ވުޒާރާއަށް ހުށައަޅާފައިވާ ކަމަށެވެ.

ކުއްލި ޙާލަތުގައިދާ އެމްބިއުލާންސްއަށް ޖާގަ ނުދީ ވެހިކަލް ދުއްވާ މައްސަލަ މި ފަހުން ވަނީ ބޮޑުވެފަ އެވެ. މިއީ އިންސާނިއްޔަތާއި ވެސް ޚިލާފު ވަރަށް ނާތަޙުޒީބު އަމަލެކެވެ. އެފަދަ ކަންކަން ކުރާ މީހުންގެ މައްސަލަ ބަލާ ހަރުކަށި ފިޔަވަޅު އެޅުމަށް އާންމުން ގެންދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

009

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

News Pic 2 a898f9bbb3

ގެއްލުނު އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ، ހާލު ރަނގަޅު

Large 177166788758LNFP

މީހަކު ރަހީނުކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

Police vcle

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

TTH_advertisement