ކުއްލި ޚަބަރު

ގެއްލުނު އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ، ހާލު ރަނގަޅު

ސައުދީ ރަސްގެފާނުގެ އެހީގައި ރާއްޖޭގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުމެއް ދެނީ

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި

މާފަންނު އުތުރު ދާއިރާގެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވައިފި

ކޮންގްރެސްގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފި އެވެ.

މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުން އޮތީ މިރޭ އޮތް ޚާއްސަ ޙަފްލާއެއްގަ އެވެ. ޖަގަހަ ހުޅުވުމަށް ފަހު އޮތް ޖަލްސާގައި އެ ދާއިރާއަށް ކައުންސިލަށް ވާާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ޖަގަހަ ހުޅުވައިދެއްވައި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންދެއްވީތީ ފަސްޓްލޭޑީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި އިޤްތިސާދީ ތަަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ވާދަވެރީންގެ އެޖެންޑާއެއް އަދި އިޚްލާސްތެރި ނިޔަތެއް ވެސް ނެތް ކަމަށާ ކޮންގްރެސްގެ ކެންޑިޑޭޓުން ނިކުމެ ތިބީ ޙަޤީޤީ ތަސައްވުރަކައިގެން ކަމަށް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށް އެހީތެރިވެދޭނެ ކައުންސިލްތަކެއް އޮތުމުގެ މުހިންމުކަން ދެ ވަޒީރުން ވެސް ފާހަގަ ކުރެއްވި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC Saeed

އެމްޑީޕީގެ މައްސަލައަކީ ހަރުދަނާ ލީޑަރޝިޕެއް ނެތުން: ސަޢީދު

IBRAHIM SHALEEZ

ކ. ގުރައިިދޫ ކައުންސިލްގެ ގޮނޑިވެސް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

PNC

ކޮންގްރެސްއަށް، ވޯޓެއް ނެތި 70 ގޮނޑި ކަށަވަރުވެއްޖެ

madam saajida

އަޅުގަނޑުމެން ޖެހޭ ދީނީ ކަންކަމާއެކު ހުރިހާ ޒިންމާތަކެއް ހަމަހަމަ ކަންމަތީގައި ކުރަން: ސާޖިދާ

TTH_advertisement