ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިޙްޔާ ފޯރަމްގެ އަތޮޅުތެރޭގެ ފުރަތަމަ ފޯރަމް ތ. ދިޔަމިގިލީގައި މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިރޭ ދިޔަމިގިލީގައި އޮންނަ އިޙްޔާ ފޯރަމްގައި ދަރުސް ދެއްވާނީ އައްޝައިޚް ޢާޒިމް ޚާލިދުއެވެ. ރަމަޟާން މަހުގެ މާތްކަން މި މަޢުޟޫއަށް ދެއްވާ ދަރުސް އޮންނާނީ ދިޔަމިގިލި ފުޓްސަލް ގްރައުންޑްގައި މިރޭ 21:30ގައިކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މިއަހަރުގެ ރަމަޟާންމަހު އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އިޙްޔާ ފޯރަމް ބާއްވާ ރަށްތަކާއި ދުވަސް
– ތ. ދިޔަމިގިލި: 20 ފެބްރުއަރީ
– ތިނަދޫ ސިޓީ: 23 ފެބްރުއަރީ
– ގދ. މަޑަވެލި: 24 ފެބްރުއަރީ
– ގދ. ގައްދޫ: 25 ފެބްރުއަރީ
– ހއ. އިހަވަންދޫ: 27 ފެބްރުއަރީ
– ޅ. ނައިފަރު : 3 މާރިޗު
– ކ. ހިންމަފުށި: 4 މާރިޗު
– ކ. ގުރައިދޫ: 6 މާރިޗު
– ލ. މާވަށް: 9 މާރިޗު
– ރ. މީދޫ: 11 މާރިޗު
ކިޔުންތެރިންގެ ހިޔާލު