ކުއްލި ޚަބަރު

ސަން ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި ކުޑަފަރީގައި ބިނާކުރި މިސްކިތް ހުޅުވައިފި

ގޭބިސީގެ އާމްދަނީ އާއި ޚަރަދުތައް ސާރވޭކުރުމަށް އެނިއުމަރޭޓަރުން ހޯދަން އިއުލާންކޮށްފި

ވައި ނުސާފުވުމުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފި

ޕީއެންސީގެ ޑޯޓުޑޯގައި ރައީސް ބައިވެރިވެ ވަޑައިގެންފި

Muizzzz 1536x995

ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރުގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެންފިއެވެ.

އެ ގޮތުން މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ޑޯޓުޑޯ ކެންޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި މަގުމަތިން ގިނަ ޢަދަދެއްގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވަފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި، ޑަބްލިޔުޑީސީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި، ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންތިޚާބުގެ ކުރިން ޕީއެންސީއަށްވަނީ ގިނަ ގޮނޑިތަކެއް ކަށަވަރުވެސް ވެފައެވެ

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gasim ibrahim

ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ: ގާސިމް

DSC09861

އެމްޑީޕީގެ ސިޔާސަތުތައް ވަނީ ބާވެ މުސްކުޅިވެފައި: ފަލާހު

66

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

އެންމެ ގާބިލު ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓީކެޓުގައި: ފަލާހު

TTH_advertisement