ކުއްލި ޚަބަރު

ސަން ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި ކުޑަފަރީގައި ބިނާކުރި މިސްކިތް ހުޅުވައިފި

ގޭބިސީގެ އާމްދަނީ އާއި ޚަރަދުތައް ސާރވޭކުރުމަށް އެނިއުމަރޭޓަރުން ހޯދަން އިއުލާންކޮށްފި

ވައި ނުސާފުވުމުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފި

ސަން ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި ކުޑަފަރީގައި ބިނާކުރި މިސްކިތް ހުޅުވައިފި

78

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ ބައްޕާފުޅުގެ ހަނދާނުގައި ނ. ކުޑަފަރީގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.

ކުޑަފަރީގެ ބަނދަރު ސަރަހައްދުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެއްވީ ސަން ސިޔާމެވެ.

މިސްކިތުގެ ނަން ނިސްބަތްކުރައްވައިފައި ވަނީ އެ މަނިކުފާނުގެ ބައްޕާފުޅަށެވެ. އެއީ، “މަސްޖިދު މުޙަންމަދު ޤާސިމް” އެވެ.

މިއީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނޭހެން ބިނާކުރެވިފައިވާ މިސްކިތެކެވެ. މާލޭ ހުކުރު މިސްކިތް އަސްލަކަށް ބަލައި އޭގެ ނަކަލެއް ކަމަށް ބެލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތުގެ އެތެރޭގެ ލަކުޑީގެ ވަޑާންގަނޑުގައި މުޅީން ވެސް ބޭނުން ކޮށްފައި ވަނީ ހައިވަކަރެވެ. އެއީ ގިނަ ދުވަހަށް މިސްކިތް ދެމެހެއްޓުމުގެ ބޭނުމުގައެވެ.

މިސްކިތުގެ ދެ ފަރާތުންނާއި މިސްކިތުގެ ކުރިމަތީން މިސްކިތަށް އެރޭ ގޮތަށް ތިން ދޮރު ލައިފައި ވެއެވެ. މާލޭ ހުކުރު މިސްކިތުގައި ހުރި ހިރިގަލުގެ ކުރެހުންތައް ފެންނާނޭހެން މުޅި މިސްކިތް ރާނާފައި ވަނީ ހިރިގަލުގެ ކަނޑާނެގުންތައް ފެންނާނޭހެންނެވެ. ނަމަވެސް މި މިސްކިތުގައި ބޭނުންކޮށްފައި ވަނީ ހިރިގަލެއް ނޫނެވެ. މިސްކިތުގެ ދޮރުތަކުގައި ވެސް ހުރީ ހައިވަކަރު ލަކުޑި ކަނޑާ ނަގައިގެން ފަންނުވެރި ހުނަރުވެރި ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ. މި ކުރެހުންތަކާއި ކަނޑާނެގުންތައް ހުރީ ހުކުރު މިސްކިތުގެ ދޮރުތަކުގައި ވެސް ހުރި ކުރެހުންތަކާ ދާދި އެއްގޮތަށެވެ.

ކުޑަފަރީގައި މިހާރުވެސް ސަން ސިޔާމް އަޅުއްވައިދެއްވައިފައިވާ ވަރަށް ފުރިހަމަ މިސްކިތެއް ހުރެއެވެ. އެ މިސްކިތް ނިސްބަތްކުރައްވައިފައި ވަނީ އެ މަނިކުފާނުގެ މަންމާފުޅަށެވެ. މިސްކިތުގެ ނަމަކީ “މަސްޖިދު ޝަމީމާ ޢަބުދުﷲ” އެވެ. އެ މިސްކިތަކީ 700 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ސްރީލަންކާގެ ރައްޔިތުންނަށް ދެ ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ސަން ސިޔާމް ނިންމަވައިފި

121

ޒާރާ އާއި ސިޔާމްގެ ކައިވެނި ރޫޅިއްޖެ

TTH_advertisement