ބަނގުރާ ގެންގުޅެ ވިޔަފާރިކުރަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ މީހުން ކަމަށެވެ.
އެއީ އަލަމް ފަރްހާދް، (35އ) އަދި އަބްދުއް ރަހްމާން (35އ) އެވެ. އެ ދެ މީހުންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުންކަމަށެވެ.
މި މަހު 16 ވަނަ ދުވަހު ހުޅުމާލެ ފޭސް އެކެއްގައި މަސައްކަތްކުރާ ފުލުހުން، ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވެއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ވެސް މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި ބަނގުރާ ފެނުނު މައްސަލަ ތައްހުގީގު ކުރަމުންގެންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު