ކުއްލި ޚަބަރު

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފި

ފުނަދޫ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

ނަވީން ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވަޑައިގެންފި

ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު

ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން 3،000 އަކަފޫޓުގެ ޝެޑެއް ބިނާކޮށްފިއެވެ.

އެމްޕީއެލުން ވިދާޅުވީ، މި ޝެޑް ހެދުމުގެ މައިގަނޑު މަގުސަދަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލެ ސަރަހައްދުގެ ބަނދަރުން ވީހާވެސް އަވަހަށް ނެރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި މީގެ ސަބަބުން ބާޒާރުގައި މުދާ ލިބުން ތަދުވިޔަ ނުދީ ހިފެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިޝެޑަކީ ރަމަޟާން މަހު އާންމުކޮށް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު އިތުރުވާތީ، ވިޔަފާރިވެރިންނަށް އެ ތަކެތި އަވަހަށް ބޭލުމާއި ކްލިއަރެންސް މަރުހަލާ އަވަސްކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ގާއިމްކުރި ތަނެއް ކަމަށްވެސް އެމްޕީއެލުން މައުލޫމާތުދެއެވެ. އަދި މި ޝެޑްގެ ސަބަބުން ރައްކާތެރިކަމާއެކު މުދާ ބެހެއްޓުމަށް އިތުރު ޖާގަ ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފި

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތަށި އެމްޕީއެލް އާއި ކަސްޓަމްސްއިން އުފުލާލައިފި

778

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

އެމްޕީއެލް އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށަނީ

TTH_advertisement