ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ރޯދައިގެ ތެރޭ ޖުމްހޫރީ މައިދާނާއި ހެންވޭރު ޓާމިނަލާ ދެމެދުގެ މަގު ހަދަން ފަށާނެ: ސައުދީ 

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ތޮއްޖޮހުން ކުޑަވާނެ ގޮތަށް މަގު ހެދުމަށް ކުރަމުން އަންނަ މަސައްކަަތުގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ޖުމްހޫރީ މައިދާނުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް މަގުހެދުމުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ތެރޭގައި ފަށާނެކަމަށް އެ މަސައްކަތްކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި ނެތް ސަރަހައްދުތައް ތަރައްގީކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް ދެ ސެގްމެންޓެއްގެ މަސައްކަަތް މިހާރުވަނީ ނިންމާލާފައެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރާތުން ފެށިގެން ޖުމްހޫރީ މައިދާނުގެ މެދާ ހަމައަށް ހުރި މަގު ފުޅާކޮށް ހަތަރު ލޭނު ތަރައްގީކޮށްފައިވެއެވެ. އޯގަސްޓު 22، 2025 ގައި ފެށި އެ މަސައްކަތް ނިންމައިލީ ފާއިތުވި އަހަރުގެ ޑިސެންބަރު މަހުއެވެ.

ފުރަތަމަ ސެގްމެންޓު ނިމުމާއެކު ދެވަނަ ސެގްމެންޓުގެ މަސައްކަތްް ފަށައި، އެ ސެގްމެންޓުގެ ދަށުން ލޯކަލް މާރުކޭޓު ކައިރިން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަގު ފުޅާކޮށް، އެ ސަރަހައްދުގެ މަގަކީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވައިލީ ރޭ ފަތިހުއެވެ. އެ ސަރަހައްދު ހުޅުވުމުގެ ކުރިން ގަސް އިންދުމުގެ މަސައްކަތް އިއްޔެ ކުރިއަށްގެންދިޔައެވެ.

އިއްޔެ އެ މަސައްކަތް ނިންމައިލުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަލަށް ތަރައްގީކުރި ސަރަހައްދުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަައުދީ ވިދާޅުވެފައިވަނީ އިއްޒުއްދީން ފާލަމުން ފަށައިގެން އިރަށް ހެންވޭރު ޓާމިނަލާ ހަމައަށް މަގު ތަރައްގޚުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

އެ ސަރަހައްދުގެ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެ މަގު ފުޅާކުރުމަށް ޝީޓްޕައިލްކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި، އެ މަގުގެ މަސައްކަތްވެސް ބައިބައަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ސައުދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ ރަމަޟާން މަހުގެ ތެރޭގައި އެ މަގުގެ މަސައްކަތް ފަށާނެއެވެ.

“ރަމަޟާން މަސް ތެރޭގައި އެކަން ވެސް ފައްޓައިގެން، ޝީޓްޕައިލްގެ މަސައްކަތް ފައްޓައިގެން ކުރިއަށް ދާނެ. ގޮސް ގާތްގަނޑަކަށް އޭޕްރީލް މެއި ހިސާބަށް ވާންވާއިރަށް އަޅުގަނޑަށް ހީވަނީ މުޅި މަގު ނިންމާލެވޭނެހެން މިހާރު ޝެޑިއުލް ކުރެވިފައިވާ ގޮތުން،” ސައުދީ

އިއްޔެ ނިންމައިލި ބާޒާރު މަތީ މަގުގެ މަސައްކަތްކުރުމުގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަންޖެހުމާއި، ބައެއް ފަހަރު ހަރު އައިނުގަނޑުތަކާހުރެ މަސައްކަތް ލަސްވުން ފަދަ ކަންކަން ކުރިމަތިވިކަން ސައުދީ ފާހގަކުރެއްވިއެވެ. އަދި ދިޔަވަރު ބޮޑުވުމުން މަސައްކަތް މަޑުޖައްސައިލުމަށްފަހު، ދެން މަސައްކަތް ފަށާއިރު ހުރިހާ މުވައްޒަފުން މަސައްކަތުގައި ބައިވެރިކޮށްގެން ހަލުއިކޮށް މަސައްކަތްކުރައްވަމުން ގެންދެވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ބަސް ދަތުރުތަކުގައި ބޭނުންކުރަމުން ނުދާ ސަރަހައްދެއް ކަމުގައިވާ ބާޒާރުމަތީ މަގު ފުޅާކުރެވި ދެކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރެވުމުން މާލޭ އެތެރޭގައި ދަތުރުކުރާ ބަސްތަކަށްވެސް އެ މަގު ބޭނުންކުރަން ފެށޭނެ ކަމުގައި ސައުދީ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާނެއެވެ. އަދި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ބޮޑުތަކުރުފާނު މަގު: ތާރުޅައި ފުޅާކޮށް ދެކޮޅަށް ދުއްވޭގޮތަށް ހުޅުވާލައިފި

Screenshot 2026 02 16

ބޮޑުތަކުރުފާނުމަގު ގަސް އިންދުމުގެ ހަރަކާތެއް

މަގޫދޫގައި ތަރައްޤީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

TTH_advertisement