ކުއްލި ޚަބަރު

ކުރިއަށް އޮތް ފަސް ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ

ޕިކަޕެއް ހަދަން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެ

ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ކުރިއަށް އޮތް ފަސް ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ

Big 91sMjTK40nvtxWjpElKbJ2qVK

ކުރިއަށް އޮތް ފަސް ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފު ވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ދުންފުހުގެ އަސަރު ހުރީ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ކަމަށެވެ. ދުންފުހުގެ އަސަރު މުޅި ރާއްޖެއަށްވެސް ކުރާ ކަމަށާއި ދުރުފެންނަ މިންވަރު ތިން ކިލޯ މީޓަރަށްވުރެ ދަށްވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު އެ ހާލަތު ދެމި އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންވެ މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކާއި، ބޭރުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ވައި ކޮލިޓީ މިވަގުތު ހުރީ 105 އަށްވުރެ މަތީގައެވެ. އެހެންވެ އެޗްޕީއޭއިން ވަނީ މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ބޭރަށް ހިންގުމާއި، ރޯގާ އަދި ޑެންގީ އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

moosun

މޫސުން ގޯސްވެ ށ އަތޮޅުން އދ އަތޮޅަށް ސަމާލު ނެރެފި

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ

health ministry

ނިޕާ ވައިރަސް ރާއްޖެއަށް ނުރައްކާ ކުޑަ: އެޗްޕީއޭ

TTH_advertisement