ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

ހުއިފިލަނޑާގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑްކޮށްފި

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

2032 އަށް ބޮޑު އަމާޒަކާއެކު ޕޫލް ބިލިއާޑް ދެ އެރީނާ

ahmed nasif

ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭވަރުގެ ދެ އެރީނާ 2032 ވަނަ އަހަރު ވުޖޫދަން ގެނައުމުގެ ބޮޑު އަމާޒެއް އެބައޮތް ކަމަށް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާމަން އަހުމަދު ނާސިފް ވިދާޅުވެއްޖެއެވެ.

13 ވަނަ އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިފް ވިދާޅުވީ އެއީ 4 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ސަރުކާރާއެކު ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ލިބިއްޖެނަމަ އެކަން ހާސިލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސްޕޯޓްސް ޓޫރިޒަމްގެ ކޮމްޕޯނެންޓްވެސް ހާސިލްވާގޮތަށް މި އަމާޒަށް ވާސިލުވުމަށް ފާއިތު 6 މަސް ދުވަހުގެތެރޭގައި މަސައްކަތް ފަށައިގެންފައިވާކަމަށްވެސް ވިދާޅުވިއެވެ.

“ސަރުކާރާ ވާހަކަދައްކަމުން މިދަނީ ފާއިތުވި ހަ މަސް ދުވަހުގެތެރޭގައި އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް ދެ އެރީނާ، އެއް އެރީނާ މިހާރުގެ އެސޯސިއޭޝަން ހުރި ބިން ބޭރު ހިމެނޭގޮތަށް ތަރައްޤީކުރަން” ނާސިފް

ކިއު ސްޕޯޓަށް ހާއްސަ މި ދެ އެރީނާ ތަރައްގީކުރާނީ ކޮމާޝަލް ސްޕޭސް އާއި ޓީވީ ޓޭބަލްއާއި، ސްނޫކާ، ކެރަމް އަދި ޗައިނިޒް ހޭބޯޅް ކުޅިވަރު ފަދަ ކުޅިވަރުތައް ކުޅެވޭގޮތަށެވެ. އަދި މި ކުޅިވަރު ކުޅޭ ތަންތަން ތުއްތު ކުދިންނާއި، ސުކޫލު ކުދިންނާއި އަންހެނުންނާއިވެސް ރައްޓެހި ތަނަކަށް ހަދަންޖެހޭ ކަމަށް ނާޒިފް ވިދާޅުވިއެވެ.

މިކަން ހާސިލުކުރުމަށް ރިސޯޓް މުބާރާތްތަކާއި ސުކޫލު މުބާރާތްތައްވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ދެ އެރީނާ އެފަދަ ގޮތަކަށް ތަރައްޤީކޮށް ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނައުމަކީ ބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

މި ކުޅިވަރަށް ފާއިތުވި 18 ވަރަކަށް އަހަރުތެރޭގައި ވަރަށް ބޮޑަށް ފުޅާވެއްޖެ ކަމަށާއި، އުންމީދަކީ ކުރިޔަށް އޮތް 2 އަހަރު ދުވަހުގެތެރޭގައިވެސް ކުރިއެރުންތަކެއް ހޯދުން ކަމަށް ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވި ރާއްޖޭގައި ހުރިހާ އެސޯސިއޭޝަނަކަށްވެސް ހުރި ދަތިތަކަކީ ފައިނޭންސް ކަމަށާއި، އެ އެސޯސިއޭޝަނަސްވެސް އެއީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެކަންކަން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށާއި، ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި މި ކުޅިވަރަށް ކުރިއެރުންތައް ގެނެސްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement