ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމްް އަހުމަދު 11 މަހަށް ޖަލަށްލާން ހުކުމްކޮށްފި

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓޮރޯލަރު މުހައްމަދު ޝަމްއާން މުހައްމަދު ވަހީދާއެކު ހައްޔަރުކުރި މާލެ، ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު 11 މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިމަހުގެ ހަތަރުވަނަ ދުވަހު ހުކުމްކޮށްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ، ފޭރުމުގެ ކުށުގެ ދައުވާ އަދި އެހެން މީހެއްގެ ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ތިން ދައުވާއަށް އިއުތިރާފުވެ އިބްރާހިމް އަހުމަދު ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން އިބްރާހިމް އަހުމަދަށް އަންނާނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން އޭގެ ތެރެއިން ޖަލު އަދަބެއްގެ ގޮތުގައި އިބްރާހިމް އަހުމަދު ތަންފީޒު ކުރަން ޖެހޭނީ ދެ މަހުގެ ޖަލު އަދަބެކެވެ. ބާކީބައި ވަނީ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ. ޖޫރިމަނާގެ ގޮތުގައި އިއުތިރާފުގެ އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ 62،400 ރުފިޔާއެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާއެއްގެ ގޮތުގައި އިބްރާހިމް އަހުމަދަށް އަންނާނީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން ހަތް މަހަކީ ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ ބައިވަނީ ޖޫރިމަނާގެ އަދަބަދަކަށް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ބަދަލުކޮށްފައެވެ. އެއީ 130،800 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. މީގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، ބިދޭސީ މީހާއަށް 50،000 ރުފިޔާ ދިނުމަށްވެސް އިބްރާހިމް އަހުމަދު، އިއުތިރާފުވެފައިވާތީ، ކުރިމިނަލް ކޯޓުންވަނީ އެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.

އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި އިބްރާހިމް އަހުމަދަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރުމަށް އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ އެއްބަސްވެފައެވެ. އޭގެ ތެރެއިން ދެ މަހަކީ ޖަލު އަދަބެއްގެ ގޮތުގައި ކަނޑައަޅައި ބާކީބައި ވަނީ 62،400 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، ބިދޭސީ މީހާއަށް 3،500 ރުފިޔާ ދިނުމަށްވެސް އިބްރާހިމް އަހުމަދު، އިއުތިރާފުވެފައިވާތީ، ކުރިމިނަލް ކޯޓުން ވަނީ އެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

778

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

990

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

އަހަރުގެ މިހާތަނަށް ދެ ކްރޫޒްލައިން، ރާއްޖެއަށް 1056 ފަތުރުވެރިން

TTH_advertisement