ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ

އެމެރިކާއިން ކިތަންމެ ބިރެއް ދެއްކިޔަސް، ޔޫރޭނިއަން ފައްކާކުރުން އީރާނުން ހުއްޓާނުލާނެ ކަމަށާއި، އެމެރިކާއިން ދައްކާ ބިރުތަކަށް ދީލާނުލާނޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

ތެހެރާނުގައި ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާނޭ ކަމަށް ބުނެ އެމެރިކާއިން ކިތަންމެ ބިރެއް ދެއްކިޔަސް ޔޫރޭނިއަމް މައްސަލާގައި އީރާނުން ދޫނުދޭނޭ ކަމަށެވެ.

އައްބާސް އަރަޣްޗީ ވިދާޅުވީ، އީރާނުން އެމެރިކާއަށް އިތުބާރު ނުކުރާ ކަމަށާއި، އަދި އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ބޭއްވި ނަމަވެސް، ވާހަކަތަކުގައި އެމެރިކާ ސީރިއަސް ކަމަށްވެސް އީރާނުން ގަބޫލު ނުކުރާ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އީރާނާ ދެކޮޅަށް ހަނގުރާމައެއް ބޯމަތިކޮށް، ބިރުދައްކައިގެން އެމެރިކާއިން ބުނާހާ ގޮތަކަށް އީރާނުން ހަދާނެ ކަމަށް ދެކިގެން ނުވާނޭ ކަމަށެވެ. ޔޫރޭނިއަމް ފައްކާކުރުން ނުހުއްޓުވޭނޭ ކަމަށެވެ.

އެމެރިކާގެ ބިރުދެއްކުންތަކަށް ބޯނުލަނބާނޭ ކަމަށާއި، އީރާނުން ކަންތައް ކުރަންވީ ގޮތް އެހެން ބަޔަކަށް ނޭންގޭނޭ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އެމެރިކާއިން ސަރަހައްދަށް ކިތަންމެ ވަރުގަދަ ލަޝްކަރެއް ޖަމާކުރިޔަސް އީރާނު ބިރު ނުގަންނަ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަ ދެއްކެވިއިރު، އެމެރިކާއާއި އީރާނާ ދެމެދު މިދިޔަ ހުކުރު ދުވަހު އުމާނުގައި ވަނީ ވާހަތަކުގެ ފުރަތަމަ ބުރު ބާއްވާފައެވެ.

ވާހަކަތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ވާހަކަތައް އުންމީދީ ކަމަށާއި، ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެއްބަސްވުމަކަށް ދިއުމަށް އީރާނު ބޭނުންވާ ކަމަށާއި، އެފަދަ އެއްބަސްވުމެއް އީރާނުން ހަދަން ޖެހޭނޭ ކަމަށެވެ.

އަދި މިފެށުނު ހަފްތާގެ ކުރީކޮޅު ވާހަކަތަކުގެ އިތުރު ބުރެއް އޮންނާނެ ކަމަށްވެސް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.

އެމެރިކާ، އިސްރާއީލު އަދި ހުޅަނގުގެ ގައުމުތަކުން އެތައް އަހަރެއް ވަންދެން އީރާނަށް އަދަބުދީ، ދަތިކޮށްފައިވަނީ އީރާނުން ނިއުކްލިއަރ ބޮމެއް އުފައްދަން އުޅޭ ކަމަށް ތުހުމަތު ކޮށެވެ.

ނިއުކްލިއަރ ބޮމެއް އުފައްދަން ޔޫރޭނިއަމް ވަކި ވަރަކަށް ފައްކާކުރަން ޖެހެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިއަދުވެސް ވިދާޅުވީ، އެމީހުން ބިރުން އުޅެނީ އީރާނުން  އެޓޮމިކް ބޮމެއް އުފައްދަން އުޅޭ ކަމަށް ހީކޮށް ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ކުރަން އީރާނުން ނޫޅޭ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އީރާނުގެ އެޓޮމިކް ބޮމަކީ، ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގޮންޖަހައި ކަންކަމަށް ނޫނެކޭ ބުނަން އީރާނަށް ލިބިފައިވާ ބާރު ކަމަށެވެ.

އީރާނަކީ ޑިޕްލޮމެސީގެ ގައުމެއް ކަމަށާއި، ހަނގުރާމައިގެ ގައުމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އީރާނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފިނަމަ އެކަމާ ކުރިމަތިލުމުގެެ ގާބިލްކަންވެސް އީރާނަށް ލިބިގެންވާ ކަމަށް އައްބާސް އަރަޣްޗީ ވިދާޅުވިއެވެ.

“ވާހަކަތަކަށް އީރާނު އަބަދުވެސް އޮތީ ހުޅުވިފައި. އެކަމަކު މިނިވަންކަމާ ގުޅޭ ކަމެއްގައި އެއްވެސް މަޝްވަރާއެއް، ދޫދިނުމެއް ނޯންނާނެ” އައްބާސް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

ވާހަކަ ދައްކަން ނިންމީ އެކުވެރި ގައުމުތަކުން އެދިގެން، ގައުމީ މަސްލަހަތު ހިފަހައްޓާނަން: އީރާނުގެ ރައީސް

TTH_advertisement