ކުއްލި ޚަބަރު

ޖަލުގައި މަރުވި ދެ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި

ބަރުބަރީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ

މޯލްޑިވިއަން ބްލަޑް ސާވި ސަސްގައި ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވައިފި

ބޭބީބަޔޯ ބްރޭންޑްގެ ދެ އުފެއްދުމެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

66

ތުއްތުކުދިންގެ ފޯމިޔުލާ އުފައްދާ ބޭބީބަޔޯ ބްރޭންޑްގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިފައިވާތީ، ބޭބީބަޔޯގެ 2 އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ، ފަރަންސޭސިވިލާތުގައި އުފައްދާ ބޭބީބަޔޯ ބްރޭންﷲްގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން “ސެރެއުލައިޑް” ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، އެ އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާކަމުގެ މަޢުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްގައި އާންމުކޮށްފައިވާކަމަށެވެ.

“ސެރެއުލައިޑް” އަކީ ބެސިލަސް ސިރިއަސް ޖަރާސީމު އުފައްދާ ވިހަ މާއްދާއެއްގެ ގޮތުގައި އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ. މި މާއްދާއިން ތަޣައްޔަރުވެރިވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެނަމަ، މޭނުބައިކޮށް ހޮޑުލުން، އަދި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ އޮތޯރީން ބުންޏެވެ.

މި ވިހަ ފެނިފައި ވަނީ ‘ބޭބީބަޔޯ އޮޕްޓިމާ 1’ ގެ 400 ގްރާމްގެ 900932 ބެޗާއި 800 ގްރާމްގެ 894408 ބެޗުންނެވެ. އަދި ‘ބޭބީބަޔޯ ކެޕްރިއާ 1’ ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުން ވެސް މި ވިހަ ވަނީ ފެނިފައެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ނަގާ ފީ 50 އިންސައްތަ ކުޑަކޮށްދީފި

health ministry

ބޭސް ގަންނައިރު ފާމަސީއާއި ފާމަސިސްޓުންގެ ހުއްދަ އޮތްތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

Ii

ސަމާލުވޭ! ތައިލޭންޑާއި އިންޑިއާގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް

MPL

ހެލްތު ސެޓްފިކެޓް ނެތި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން ދެ މުވައްޒަފަކަށް ދައުވާކޮށްފި

TTH_advertisement