ކުއްލި ޚަބަރު

މަސްތުވާތަކެތި އެތެރެކުރި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

އެމްޕީއެލް އިން ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ރީފައިނޭންސް ކުރަނީ އަނބުރާ ދެއްކޭނެގޮތްތައް ބަލައިގެން: ޒަމީރު

ލުއިތަކަކާއެކު ކުދި އިންވެސްޓްމަންޓްތަކަށް އައްޑޫ ހުޅުވާލަނީ

453327 f666cc0d 8

ލުއިތަކަކާއިއެކު ކުދި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް އައްޑޫ ސިޓީ ހުޅުވާލައި، އައިޓީ ހަބެއްގެ ގޮތުގައި އެ ސިޓީ ތަރައްގީކުރެއްވުމަށް ނިންމަވަފާއިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގައި ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ވަކި މުއްދަތުތަކަކަށް ގިނަ ލުއިތަކާއެކު އިންވެސްޓްމެންޓަށް ހުޅުވާލުމަށް ސަރުކާރުން ވާނީ ނިންމާފައި ކަމަށެވެ. އެގޮތުން ބިމު ކުއްޔާއި އިންކަމްޓެކްސް ދައްކާ ވިޔަފާރިތަކުން ސީދާ ސަރުކާރަށް ދައްކާ ކުއްޔާ ޓެކްސް ނުދައްކާ ގޮތަށް ހަމަޖެއްސުމާއި އެހެނިހެން ލުއިތައް ދިނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

“އެންމެ ފުރަތަމަ ހުޅުވާލާ ސަރަހައްދެއްގެ ގޮތުގައި މުޅި އައްޑޫ ސިޓީ ހިމެނޭ. އައްޑޫއަކީ 1 ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަހައްދެއްކަމަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އިއުލާނުކުރަން. މިކަން ތަންފީޒުކުރުމަށް ގާނޫނީ ގޮތުންނާއި އިދާރީ ގޮތުންނާިއ ފަންނީ ގޮތުން މަގުފަހިކޮށްދެންޖެހޭ ކަންކަން މި އަހަރު ތެރޭގައި ހަމަޖައްސާނަން. މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ސިނާއަތް ބޮޑަށް ފުޅާވެ ކުރިއަރައި އެތައް ވަޒީފާއެއް އުފެދި އައްޑުއަށާއި މުޅި ރާއްޖެއަށް އިގްތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ. ފުރުސަތުގެ ބޭނުންކޮށް އައްޑޫއަކީ ރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް އެކަމަށް ޝައުގުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް ސަރުކާރުން ދައުވަތުދެން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ފައިނޭންސްގެ ފުރުސަތުތައް ވެސް ނިމިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށް ލުއިކޮށް ފުޅާކޮށްފައި ކަމަށެވެ. އެގޮތުން އިސްލާމިކް ފައިނޭންސިން އުސޫލުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް އެހީވުމަށް ތިޖާރާ ރަށު ފަތުރު ވަނީ ތައާރަފްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

“އާންމު ފަތުރުދުންނާއި ވިޔަފާރިތަކަށް އޮންލައިންކޮށް އިންޑިއަން ރުފީސްއައި ޗައިނީސް ޔުވާން އެކައުންޓް ހުޅުވޭނެ ގޮތް މިހާރު ވާނީ ހަމަޖައްސާފައި. އަދި ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންނަށް ވާނީ އިތުރު ހެޔޮ ބަދަލުތައް ގެނެސްފައި. އެގޮތުން ވިޔަފާރި ލޯނުތަކުގެ އެކުއިޓީ 30 އިންސައްތައިން 20 އިންސައްތައަށް ވާނީ ދަށްކޮށްފައި. އަދި ފައިސާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް ވާނީ އިތުރުކޮށްފައި. ހަމަ އެފަދައިން ވިޔަފާރިތަކަށް ފައިދާވާނެ ގޮތަށް ކާޑު މެޝިންތަކުން ކުރާ މުއާމަލާތްތަކަށް ބޭންކުން ނަގަމުންދާ މާޗަންޑް ފީ 2.5 އިންސައތައިން އެއް އިންސައްތައަށް ވާނީ ކުޑަކޮށްފައި،” ރައީސް ވިދާޅުވިއެވެ.

ބީސީސީއިން މާލޭގައި އިމާރާތްކުރަމުންދާ ކްރިއޭޓާ ހަބް އިމާރާތަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަކިން ހާއްސަކޮށް ރާއްޖޭގައި ކްރިއޭޓިވް އެކޮނަމީއެއް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ އިމާރާތުގައި ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް މަސައްކަތް ކުރުމުގެ ހާއްސަ ޖާގަތަކެއް ކަނޑައެޅިގެންދާނެ ކަމަށް ވިދޅުވިއެވެ.

އެ އިމާރާތުގައި މިހާރު ކުރިއަށްދަނީ އަށްވަނަ ފްލޯގައި ޝީޓް އެޅުމުގެ މަސައްކަތް ކަމަށާއި އެ އިމާރާތުގެ މަސައްކަތް ނިންމައި ނޮވެމްބަރު މަހުގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސްގެ ޚިދުމަތެއް ފަށައިފި

dr muiz

ފުނަދޫ އެއާ ސްޓޭޝަން ހުޅުވައި މި އަހަރު ޚިދުމަތް ދޭން ފަށާނެ: ރައީސް

392230 1a66957a 4

އެމްޑީޕީ ސަރުކާރުގެ މައްސަލަތައް ބަލަން އިންކުއަރީ ކޮމިޝަނެއް ހަދަން ރައީސް ނިންމަވައިފި

452862 4caf5a28 5

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

TTH_advertisement