ކުއްލި ޚަބަރު

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

66

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، (ސީއެޗްއެސްއީ) މާލެއަށް އިތުރުކުރާ ބައިގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު، އަހުލާމް ރުޝްދީއެވެ.

ސީއެޗްއެސްއީ މާލޭގެ ދެކުނު ފަރާތުގައި އޮތް ހުސްބިމުގައި 7 ފަންގިފިލައަށް އިމާރާތް ކުރާބައިގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރީ 51.6 މިލިޔަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްއީގެ އެނެކްސް އިމާރާތް ކުރަނީ 7 ފަންގިފިލާއަށެވެ.

މި އިމާރާތުގައި ހުންނާނީ، 15 ކުލާސްރޫމާއި 4 ސައިންސް ލެބާއި ސްޓާފް ރޫމަކާއި ލީޑިން ޓީޗަރުންނަށް ޚާއްޞަ ރޫމެއްގެ އިތުރުން އެޑްމިނިސްޓްރޭޝަން އޮފީހެކެވެ.

ހުޅުމާލޭގައި ވެސް ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ސީއެޗްއެސްއީގެ ސްކޫލެއް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

117

އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލްގައި 100އަށްވުރެ ގިނަ ގަސް އިންދައިފި

school

މިއަހަރުގެ ކިޔެވުން ނިމި ރިޕޯޓް ފޯމް ދޭނީ އަންނަ ބުރާސްފަތި ދުވަހު

Mm

ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި

990

މާލޭގެ ސްކޫލްތަކުން ވޭޕް ފެންނަ އަދަދު މަދުވެއްޖެ: އެޑިޔުކޭޝަން މިނިސްޓަރު

TTH_advertisement