ކުއްލި ޚަބަރު

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް:

އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ބާއްވަން އުޅެނީ މާދަމާއެވެ. ވާހަކަތައް ބާއްވާނެ ތަނެއް ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، ރިޕޯޓްތައް ބުނަނީ ވާހަކަތައް އޮންނާނީ ތުރުކީގެ އިސްތަމްބޫލްގައި ކަމަށެވެ.

މި ވާހަކަތަކުގައި، އެމެރިކާގެ ފަރާތުން ބައިވެރިވާނެ ކަމަށް ބެލެވިފައިވަނީ ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފެވެ. އީރާނުން ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއެވެ.

އޭގެ އިތުރުން، ތުރުކީ، ގަތަރު، މިސްރު، އުމާން، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށްވެސް އަޑުތައް ފެތުރެމުން ގޮސްފައި ވެއެވެ.

އެކަމަކު، މިއަދުގެ މިހާތަނަށްވެސް، ވާހަކަތައް އޮންނާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް ސާފެއް ނުވެއެވެ.

އެމެރިކާއިން އީރާނުގެ ކިބައިން ޑިމާންޑް ކުރަނީ 3 ކަމަކަށެވެ. އެއީ، ޔޫރޭނިއަމް ފައްކާކުރުން ދާއިމަށް ހުއްޓާލުމާއި، އީރާނުން އުފައްދާ ބެލިސްޓިކް މިސައިލް ދަތުރުކުރާ ދުރުމިން ލިމިޓް ކުރުމާއި މިސައިލް ސްޓޮކް ލިމިޓް ކުރުމުގެ އިތުރުން، ފަލަސްތީނުގެ ހަމާސްއާއި، ލުބުނާނުގެ ހިޒްބުﷲއާއި ޔަމަނުގެ ހޫޘީންނަށް ތާއީދުދިނުން މުޅީން ހުއްޓާލުމެވެ.

އެކަމަކު، އީރާނުން ބުނަމުން ގެންދަނީ، އެމެރިކާއާ ވާހަކަ ދެއްކިޔަސް ދެއްކޭނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަކަތައް އެކަނި ކަމަށެވެ. އިތުރު ކަމެއްގައި އެމެރިކާއާ ވާހަކަ ދައްކާކަށް އީރާނު ބޭނުމެއް ނުވެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އިއްޔެގައިވެސް ވިދާޅުވީ، ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދެއްކިދާނޭ ކަމަށާއި، މިސައިލް ޕްރޮގްރާމް އަދި އީރާނުގެ ސަލާމަތާ ގުޅުންހުރި އެހެން ކަމެއްގައި އެމެރިކާއާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އީރާނުން މިކަމުގައި އެމެރިކާއަށް ދޫދޭކަށް ބޭނުމެއް ނުވެއެވެ.

އެހެން ނަމަވެސް، އެމެރިކާއިން ގަދަފައި ވިއްދައި އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާގެ 3 ޑިމާންޑް ވާހަކަތަކުގެ އެޖެންޑާގައި ހިމެނުމަށެވެ.

އިސްރާއީލުގެ ނޫސްތަކުންވެސް ބުނަމުން ގެންދަނީ، އެމެރިކާއިން ހުށަހަޅާފައިވާ ޑިމާންޑްތައް ޓްރަމްޕް ދޫނުކުރާނޭ ކަމަށެވެ. އެމެރިކާގެ ރައީސް އެހާވަރަށް އެކަމުގައި ހިފައިގެން އުޅެނީ، ވާހަކަތައް ފެއިލްވެއްޖެނަމަ އީރާނަށް ހަމަލާދިނުމުގެ ހުއްޖަތު ލިބިގެންދާނެތީ ކަމަށްވެސް ބުނަމުން ގެންދެއެވެ.

ކަށަވަރު ނުވާ ބައެއް ރިޕޯޓްތައް ބުނަނީ، އެމެރިކާގެ ޑިމާންޑްތަކަށް އީރާނު އެއްބަސް ނުވުމުން، ވާހަކަތައް ކުރިއަށް ނުގެންދާންވެސް ޓްރަމްޕް ވިސްނަމުން ގެންދާ ކަމަށެވެ. ވޯލް ސްޓްރީޓް ޖާރނަލްއިންވެސް މިކަން ރިޕޯޓް ކޮށްފައި ވެއެވެ.

ވާހަކަތައް ކުރިއަށް ނުގެންދާން ޓްރަމްޕް ވިސްނަންފެށި އަނެއް ސަބަބަކީ، ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ ދިދަޖެހި ތެޔޮ ޓޭންކަރަކަށް އަރައި އެ ޓޭންކަރު ހިފުމަށް އީރާނު ކަނޑުގެ  ސިފައިން އަންގާރަ ދުވަހު ހިންގި ހަރަކާތްތަކުގެ ސަބަބުން ހިތްހަމަ ނުޖެހިގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވާހަކަތަކުން ވަކިވުމަށްފަހު އީރާނާ ދެކޮޅަށް ދެން އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވޯލް ސްޓްރީޓް ޖާރނަލްއިން ބުނެފައި ވެއެވެ.

އެމެރިކާގެ ތެޔޮ ޓޭންކަރު އީރާނު ކަނޑުގެ ސިފައިންގެ އަތްދަށުން ސަލާމަތްވީ، އެ ޓޭންކަރަށް އެހީވާން އެމެރިކާގެ ވައިގެ ސިފައިން އައުމުންނެވެ.

އެކިއެކި މަސްދަރުތަކުން ބުނަނީ، އެމެރިކާއިން މާދަމާގެ ނިޔަލަށް ބަލާނޭ ކަމަށެވެ. އަދި އީރާނާ ވާހަކަ ދެއްކޭގޮތް ނުވެއްޖެނަމަ އެމެރިކާ ސިފައިންނާއި، އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ދިގުލައިގެންދާ ވަރުގަދަ އަސްކަރީ ހަމަލާތަކެއް ފަށާނޭ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

އީރާނުންވެސް އޮތީ، ދިގުލައިގެންދާ ހަނގުރާމައަކަށް ތައްޔާރުވެގެންނެވެ. އީރާނަށް ހަމަލާ ދީފިނަމަ، ރައްދު ހަމަލާތައް އަމާޒުކުރާނީ އިސްރާއީލަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އެއަރބޭސްތަކަށް ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.

އަދި އެމެރިކާއިން އީރާނާ ގާތަށް ފޮނުވި ކަނޑުގެ ބިޔަ ލަޝްކަރު އީރާނާ ދުރަށް ގެންދިޔަ ނަމަވެސް، އެ ލަޝްކަރު އަދިވެސް އޮތީ އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައިކަން ގެންދަނީ ހަނދާންކޮށް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވާހަކަ ދައްކަން ނިންމީ އެކުވެރި ގައުމުތަކުން އެދިގެން، ގައުމީ މަސްލަހަތު ހިފަހައްޓާނަން: އީރާނުގެ ރައީސް

އީރާނާ ވާހަކަ ދެއްކުމުގެ ޚިޔާލު ދޫކޮށް، ވަގުތުން ހަމަލާދިނުމަށް ނަތަންޔާހޫ ޓްރަމްޕަށް ޕްރެޝަރ ބޮޑުކުރަނީ

ގަލްފްގައި ހުރި އެމެރިކާގެ ބޭސްތަކަށް މިފަހަރު ހަމަލާދޭނީ ކުރިން އެންގުމަކާ ނުލައި ކަމަށް އީރާނުން ބުނެފި

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

TTH_advertisement