ވަޤްފު ފަންޑުގެ އެހީއާއި ޢާންމުންގެ ދީލަތި އެހީގައި ނައިފަރުގައި ބިނާކުރެވުނު މި ޙިފްޡު ސެންޓަރަށް، ވަޤްފު ފަންޑުން ވަނީ 302،600 ރުފިޔާގެ އެހީއެއް ދީފައެވެ.
މި އިންސްޓިޓިއުޓްގައި، ދެ ކުލާސްރޫމާއި 100 މީހުންގެ ޖާގައިގެ ހޯލަކާއި އޮފީހަކާއި އަންހެން އަދި ފިރިހެން ދަރިވަރުންނަށް ވަކިން ފާޚާނާއާއި ވުޟޫކުރާ ތަނާއި އަތްދޮވެވޭނެ އިންތިޒާމާއި ބޯފެނުގެ އިންތިޒާމުގެ އިތުރުން، މުވައްޒަފުން ބޭނުންކުރުމަށް ސްޓާފް ރޫމަކާއި ފާޚާނާ ހަމަޖެހިފައިވެއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އިންސްޓިޓިއުޓްގައި ކިޔަވައިދެވޭނީ ތަޢުލީމާބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މުޤައްރަރަށް ކަމަށެވެ. އެގޮތުން، މި އިންސްޓިޓިއުޓްގެ ކުލާސްތައް ތަރުތީބު ކުރެވިފައިވަނީ ޅަޢުމުރުގައި ކީރިތި ޤުރުއާނުގެ އަޑާއި މަޚްރަޖު އަދި ތަޖުވީދާއި ރާގު ފަދަ ފަންނުތައް އުނގެނި، ކީރިތި ޤުރުއާން އެކީގައި ހިތުން ދަސްކޮށްގެން ޙާފިޡުންގެ ގޮތުގައި ދަސްވެނިވުމަށް މުޤައްރަރުގައި ހިމެނިގެން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި އިންސްޓިޓިއުޓްގައި ކިޔަވާ 10 އިންސައްތަ ދަރިވަރުންނަކީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އެހީގައި ހިލޭ ކިޔަވާ ދަރިވަރުންކަން ފާހަގަކުރައްވަމުން އެ ވުޒާރާއިން ވިދާޅުވީ، މިއީ ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.
ޝައިޚް ނާޒިލް އިންސްޓިޓިއުޓްއިން މިހާތަނަށް 4 ދަރިވަރުން ޤުރުއާން ޙިފްޡުކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އިތުރު 3 ދަރިވަރުން ޙިފްޡު ކޮމިޓީއަށް ކިޔަވައިދިނުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ޙިފްޡުކުރުމުގެ ފަހު މަރުހަލާގައި 22 ދަރިވަރުން ކިޔަވަމުންދާއިރު، އެ އިންސްޓިޓިއުޓްގައި ޖުމްލަ 87 ދަރިވަރުން އަންނަނީ ޙިފްޡު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު