ރާއްޖޭގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީއެމްބިއުލާންސް އެއް ހަދިޔާކޮށްފިއެވެ.
މި އެމްބިއުލާންސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީގޮތުން އެމްބިއުލާންސް އާއި ޙަވާލުވީ މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ޢައްސާން މަޢުމޫންއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސް ޙަވާލުކޮށްދެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
މިއީ ޖަޕާނުގެ އިގްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށް ދޭ އެހީ ޕްރޮރްގްރާމްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި އެމްބިއުލާންސްއެކެވެ.
މި އެހީގެ ދަށުން ރާއްޖޭގެ ރަށްތަކަށް ޞިއްހީ ހިދުމަތް ދިނުމަށް ކުރިއެރުންތަކެއް އަންނާނެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމެވެ. ދާދިފަހުން ނ. ވެލިދޫގައި ވެސް ވަނީ އެ ޚިދުމަތް ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު