ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ލިބޭ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކޮށްފި

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ދައްކާ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކޮށްފިއެވެ. ޒަކާތުގެ ގޮތުގައި ދައްކާ ނަގުދު ފައިސާގެ މުޢާލާތް “ފިޠުރު ޕޯޓަލް”އިން ވަގުތުން ފެންނާނެއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި “ފިޠުރު ޕޯޓަލް”ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރަފުކޮށްފަވާކަމަށެވެ.

ފިޠުރު ޕޯޓަލް ތަޢާރުފުކުރުމުގެ މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުޞޫލަކުން އެ ކަން ކުރިއަށް ގެންދިއުމެވެ.

މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުޞަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެއެވެ.

މި ގޮތަށް ހުރިހާ މަޢުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިޠުރު ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެއެވެ.

ފިޠުރު ޕޯޓަލް ތަޢާރަފުކުރުމަކީ، މުޅި ރާއްޖޭގައި ޒަކާތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުގެ ޤާނޫނުގެ ދަށުން ކޮމިޓީ އުފައްދަވައި މެންބަރުން އައްޔަނުކުރައްވައިފި

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލަކަށް އިމްތިޠާއު

mudalu zakaai

މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބުނު

ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

TTH_advertisement