ކުއްލި ޚަބަރު

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

އުރީދޫ ނޭޝަން އިން 2 މުބާރާތަކަށް ހުޅުވާލައިފި

އުރީދޫ ނޭޝަންގެ މިއަހަރުގެ ކިކްއޯފް ޓޯނަމަންޓްތަކުގެ ރަޖިސްޓްރޭޝަނަށް ރަސްމީކޮށް ހުޅުވާލައިފިއެވެ. އުރީދޫން މިއަހަރު ބާއްވާ ފުރަތަމަ އީ-ސްޕޯޓްސް މުބާރާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ”އޯޕަން ސީރީޒް ސީޒަން 1“ އާއެކުގައެވެ.

މި ސީޒަނުގެ ދަށުން މިހާރު ވަނީ ’ކްލޭޝް ރޯޔާލް‘ އަދި ’އީއޭއެފްސީ އަލްޓިމޭޓް ޓީމް‘ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އުރީދޫ ނޭޝަން އިން ހާމަކުރި ގޮތުގައި، މި މުބާރާތްތަކަކީ ރާއްޖޭގެ ގޭމް ކުޅޭ ފަރާތްތަކަށް ވަރަށް ފޯރިގަދަ އަދި އުންމީދީ ފެށުމަކަށް ވެގެންދާނެއެވެ.

ކްލޭޝް ރޯޔަލް: އޯޕަން ސީރީޒް ސީޒަން 1
މި މުބާރާތުގެ އިނާމު ޕޫލެއްގެ ގޮތުގައި 5،000 ރުފިޔާ ކަނޑައަޅާފައިވާއިރު، މުބާރާތް ކުރިއަށްދާނީ އޮންލައިން ފޯމެޓަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 3 ފެބްރުއަރީ 2026 ގެ 11:59 އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 6 ފެބްރުއަރީ 2026 ގައެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނަގަނީ 50 ރުފިޔާއެވެ.

އީއޭއެފްސީ އަލްޓިމޭޓް ޓީމް: އޯޕަން ސީރީޒް ސީޒަން 1
މި މުބާރާތުގެ ވެސް އިނާމު ޕޫލަކީ 5،000 ރުފިޔާއެވެ. އޮންލައިންކޮށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް 12 ފެބްރުއަރީ 2026 ގެ 11:59 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެއެވެ. މުބާރާތް ފަށާނީ 16 ފެބްރުއަރީ 2026 ގައެވެ. މި މުބާރާތުގެ ރަޖިސްޓްރޭޝަން ފީއަކީ ވެސް 50 ރުފިޔާއެވެ.

އޯޕަން ސީރީޒް މުބާރާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމް ކުޅޭ ފަރާތްތަކަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމަށާއި، ގޭމިން ކޮމިއުނިޓީއާ ގުޅުވައިދީ ވާދަވެރި ޕްލެޓްފޯމެއް ފަހިކޮށްދިނުމަށް ބާއްވާ މުބާރާތްތަކެކެވެ.

އުރީދޫ ނޭޝަން އިން ބުނިގޮތުގައި، މި މުބާރާތްތައް އޮންލައިންކޮށް ބޭއްވުމުގެ އެންމެ ބޮޑު މަގުޞަދަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތިބި ކުޅުންތެރިންނަށް ވެސް އެއް ހަމައެއްގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެހެންކަމުން، މިއަހަރުގެ އީ-ސްޕޯޓްސް މޫވްމަންޓްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް އުރީދޫން ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުރީދޫގެ ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި

ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އާލާތްތަކެއް އުރީދޫއިން އެމްއެންޑީއެފްއަށް

އުރީދޫ ގޯލްޑަން ފުޓްސަލްގެ ދެވަނަ ނަސީބުވެރިޔަކަށް އަލީ ޝާހިދު

އުރީދޫން ދޭ އުމްރާ ދަތުރުއައިޝަތު މުހައްމަދު ދީދީ އަށް

TTH_advertisement