ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ރާއްޖެ މަގުން އެހެން ޤައުމުތަކަށް މުދާ އުފުލާ މިންވަރު %22 އިތުރު، 89,163 ޓަނުގެ މުދާ އުފުލާފައިވޭ

airport

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު އެ އެއަރޕޯޓު މެދުވެރިކޮށް އުފުލި މުދަލުގެ މިންވަރު 2024 ވަނަ އަހަރާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެއްޖެއެވެ. މިދިޔަ އަހަރު ޖުމްލަ 89,163 ޓަނުގެ މުދާ އުފުލާފައިވާއިރު، މީގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި 66,840 ޓަނުގެ މުދަލާއި، ބޭރުކުރި 23,323 ޓަނުގެ މުދާ ހިމެނެއެވެ.

މި ތަފާސްހިސާބުތަކުން އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވެނީ ޓްރާންސްޝިޕްމެންޓް މުދަލުންނެވެ. ރާއްޖެ މަގުން އެހެން ގައުމުތަކަށް އުފުލި މިފަދަ މުދަލުގެ މިންވަރު 22 އިންސައްތަ އިތުރުވެ، 16,372 ޓަނަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި ވައިގެ މަގުން އުފުލި މުދަލުގެ އިތުރުން، ކަނޑުމަގުން ގެނެސް ވައިގެ މަގުން ފޮނުވި (ސީ-ޓު-އެއަރ) 3,192 ޓަނުގެ މުދާވެސް ހިމެނެއެވެ.

ކާގޯ އޮޕަރޭޝަންތައް ފުޅާވުމާ ގުޅިގެން ހަމައެކަނި މުދާ އުފުލާ ފްލައިޓްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެފްކޮމް، ޤަތަރު ކާގޯ އަދި އެމްއެންޖީ އެއަރލައިން ފަދަ އޮޕަރޭޓަރުން މެދުވެރިކޮށް 524 ކާގޯ ދަތުރުކޮށް، 4,300 ޓަނުގެ މުދާ ވަނީ އުފުލާފައެވެ.

އެމް.އޭ.ސީ.އެލް އިން އަންނަނީ ކާގޯ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ޔޫ.އެލް.ޑީ ސްޓޯރޭޖް ސަރަހައްދު ބޮޑުކުރުމާއި، މުދާ ކްލިއަރކުރުން އަވަސްކުރުމަށްޓަކައި އިތުރު އެކްސްރޭ މެޝިންތައް ބެހެއްޓުމާއި ޚިދުމަތްތައް އޮޓޮމޭޓްކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިތުރު 3 އެއަރލައިނެއްގެ ޚިދުމަތް އައު ޓަރމިނަލަށް ބަދަލުކޮށްފި

via

ވީއައިއޭގައި މާރާމާރީއެއް

saeed

ވީއައިއޭގެ ދަރަނީގެ ހިއްސާދާރުންނަކީ އެމްޑީޕީ: ސައީދު

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔުން -- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް

TTH_advertisement