ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ދެ އަހަރު ތެރޭގައި 10 ރަށެއްގައި ޑަޔަލިސިސްގެ ހިދުމަތް

minister nazim

މިދިޔަ ދެ އަހަރު ތެރޭގައި 10 ރަށެއްގައި ޑަޔަލިސިސްގެ ހިދުމަތް ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

“2024ވަނަ އަހަރާއި 2025ވަނަ އަހަރު ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހަމައެކަނި ޑަޔަލިސިސްގެ ހިދުމަތް 10 ރަށުގެ ރައްޔިތުން، ތިބޭފުޅުން ހިސާބުޖައްސަވާ، 10 ރަށުގެ ރައްޔިތުން އެވްރެޖްކޮށް ކިހާ އާބާދީއެއްތޯ ބައްލަވާ ތިބޭފުޅުންނަށް އަޅުގަނޑު އެ ހިސާބު ދޫކޮށްލައްވާނަން. 10 ރަށުގެ ރައްޔިތުން މިހާރު އެހެން ރަށަކަށް ދަތުރުނުކޮށް ޑަޔަލިސިސްގެ ހިދުމަތް ލިބޭނެ،” ނާޒިމް

ދ. އަތޮޅުގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރަށްރަށުގައި ޑަޔަލިސިސްގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަނީ މަޝްރޫއެއް ފަށައިފައި ކަމަށެވެ. އެއީ މާލެއަށް ނައިސް ރަށުން ޑަޔަލިސިސްގެ ހިދުމަތް ލިބިގަތުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ފަށައިފައިވާ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑަޔަލިސިސް ހަދަން ޖެހުމުގެ ތަކުލީފާއި އެކަމުގެ ވޭންތައް އިހުސާސް ކުރެވޭނީ ޑަޔަލިސިސް ހަދާ މީހާއަށާއި އެ މީހާގެ އާއިލާއަށް ކަމަށެވެ. 10 ރަށެއްގައި އެ ހިދުމަތް ފެށިފައިވުމަކީ އެ މީހުންނަށް ލިބިގެންދާނެ ކޮންމެވެސް ވަރެއްގެ ލުޔެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރަށެެއްގައި ޑަޔަލިސިސްގެ ހިދުމަތް ފަށާއިރު އެކަމަށް ބޭނުންވާ ފަންނީ މީހުން ހޯދުމާއި މެޝިންތައް ހޯދުމުގެ އިތުރުން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޑަޔަލިސިސްގެ ހިދުމަތް ފެށި ގިނަ ރަށްތަކަކީ މީގެ ކުރިން އެކަމަށް ތަމްރީނުވެފައިވާ މީހުން ނެތް ރަށްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ރަށްރަށުގައި ތަމްރީނު ލިބިފައިވާ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑަޔަލިސިސްގެ ހިދުމަތް އަލަށް ފެށި ރަށްތައް:
ހއ. އިހަވަންދޫ، އާމިނާދިޔޯ ސިއްހީ މަރުކަޒު
ގއ. އަތޮޅު ހޮސްޕިޓަލް
ށ. އަތޮޅު ހޮސްޕިޓަލް
ނ. ވެލިދޫ ސިއްހީ މަރުކަޒު
މ. މުލި ރީޖަނަލް ހޮސްޕިޓަލް
ތ. އަތޮޅު ހޮސްޕިޓަލް
އއ. އަތޮޅު ހޮސްޕިޓަލް
އދ. އަތޮޅު ހޮސްޕިޓަލް
ބ. ދަރަވަންދޫ ސިއްހީ މަރުކަޒު
ދ. އަތޮޅު ހޮސްޕިޓަލް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister nazim

މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓްރީގެ ޚިދުމަތް ލިބޭނެ: ނާޒިމް

އަމާޒަކީ ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލުކުރުން: ނާޒިމް

Gj 5mcpb0aayihi 1536x1024

އިންޑިއާ ސަފީރު، ޓޫރިޒަމް އަދި ހެލްތު މިނިސްޓަރއާއި ބައްދަލުކުރައްވައިފި

TTH_advertisement