ކުއްލި ޚަބަރު

ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް

މޫސުމީ ބަދަލުތަކާ ގުޅިގެން އެހީ ހޯދުމަށް އިނގިރޭސިވިލާތާ މަޝްވަރާކޮށްފި

ހދ، އަތޮޅު ކައުންސިލުން މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ދީފައިވާ ފައިސާ ހޯދަން އަންގައިފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރާގުގެ އާ ޕާޓްނަރު ފިހާރައެއް ހުޅުވައި

ދިރާގުގެ ޚިދުމަތްތައް ކަސްޓަމަރުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ މަގުސަދުގައި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އާ ޕާޓްނަރު ފިހާރައެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި ހުންނަ “މޯލްޑިވްސް ސާވިސް” ގައި ގާއިމުކޮށްފައިވާ މި އާ ފިހާރައިގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިރާގުގެ ޚިދުމަތްތައް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

އާބާދީ އިތުރުވަމުން އަންނަ މި ސަރަހައްދުގައި ހުޅުވުނު މި ފިހާރަ މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގުގެ މުހިންމު ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބިލްތަކަށް ފައިސާ ދެއްކުމާއި، ޕްރީޕެއިޑް ރީޗާޖު ކުރުމުގެ އިތުރުން ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން ހިމެނެއެވެ. ހަމައެއާއެކު، ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ޚިދުމަތްތައް ވެސް މި ޕާޓްނަރު ފިހާރައިން ލިބެން ހުންނާނެއެވެ.

މި ފިހާރަ ހުޅުވުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފައެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، އެ ފިހާރައިން ޚިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް “ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ” އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ޚާއްސަކޮށް މީހުން ދިރިއުޅޭ މުޖުތަމައުތަކަށް އަމާޒުކޮށްގެން ވީހާވެސް ފަސޭހަކަމާ އެކު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހސދހ 750x375

ދިރާގުގެ ލޯންޗު ލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

ދިރާގުގެ ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ މި ހުކުރު ދުވަހު ހޮވަނީ

ދިރާގުން 2026 ގެ ކަލަންޑަރު ތައާރަފްކޮށްފި

Original 1763189179252

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ ވަނަތަކަށް އިނާމު ހަވާލުކޮށްފި

TTH_advertisement