ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ވިލިމާލެ ހޮސްޕިޓަލް އަޅަން ކޮންޓްރެކްޓަރަކު ހޯދަން ސޮއިކޮށްފި

778

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލާ ޒެންގެ ޒޫ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލަކީ 112 އެނދުގެ ޖާގަ ހިމެނޭހެން، ގާތްގަނޑަކަށް 12،890 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތް ކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށެވެ. މި ހޮސްޕިޓަލުގައި އައުޓް ޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތްތަކާއި، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ.

ވިލިމާލެ ހޮސްޕިޓަލްގެ ކުރެހުން

ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރު ވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ކޮންސްޓރަކްޝަން މިނިސްޓްރީން ބުނެއެވެ.

މިއަދު ސޮއިކުރި އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށް ދާނީ ބީލަމުގެ އުސޫލުން މި މަޝްރޫއުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ލަފާކުރެވޭ ގޮތުގައި، ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

“ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” މަޝްރޫއަކީ ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އާ ހަރުފަތްތަކަކަށް ގެންދާނެ، އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އިސްތިރާޖީ މުހިއްމު ބިނާއެކެވެ. މިއީ ދިވެހިރާއްޖޭގެ އާންމު ސިއްހަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭނެ ކުރިއެރުމެކެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމާއި، ދެމެހެއްޓެނިވި ކުރިއެރުމަށް ދެ ސަރުކާރުން ދޭ އަހައްމިއޔްަތު ރަމްޒުކޮށްދޭނެ މަޝްރުއެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިލިމާލޭގައި ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވައިފި

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަތަރު ޕާކިން އިމާރާތް އަޅަނީ

446256 b5413f5f 6

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު

Ii

ވިލިމާލޭގައި ބޮޑު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ: ރައީސް

TTH_advertisement