އެންސްޕާއިން މިދިޔަމަހު 18.9 މިލިޔަން ރުފިޔާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް ޚަރަދު ކުރިއިރު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ޑިސެމްބަރު މަހު ޖުމްލަ 54 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ދީފަވާކަމަށް އެންސްޕާއިން ވިދާޅުވެއްޖެއެވެ.
ޑިސެމްބަރު މަހު ރާއްޖެ އަދި ރާއްޖެއިން ބޭރުން ފަރުވާކުރުމަށްވެސް ބޮޑު އެހީތެރިކަމެއް ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އެންސްޕާގެ ދަށުން، 35 މިލިޔަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް 18.9 މިލިޔަން ރުފިޔާގެ އެހީ ވަނީ ދީފައެވެ.
ޑިސެމްބަރު މަހު ޖުމުލަ 54 މިލިޔަން ރުފިޔާ ވަނީ އެންސްޕާގެ ދަށުން ހޭދަކޮށްފައެވެ. އެންމެ ގިނަ މީހުންނަށް އެހީތެރިކަން ދީފަވަނީ ކަށީގެ ބަލިތަކަށެވެ.
ފަރުވާ ހޯދަފަވަ ބަލިތަކުގެ ބާވަތްތައް:
• ކަށީގެ ބަލިތައް : 146 މީހުން
• ވިހެއުމާ ގުޅޭ : 145 މީހުން
• މައިބަދަ/ނަރުގެ ބަލިތައް : 137 މީހުން
• ނޭވާލާ ނިޒާމުގެ ބަލިތައް : 123 މީހުން
• ލޮލުގެ ބަލިތައް : 122 މީހުން
• ކުޑަކަމުދާ ނިޒާމު އަދި ކިޑްނީގެ ބަލިތައް : 117 މީހުން
• ކަރުންމަތީގެ : 113 މީހުން
• ކެންސަރު ބަލި : 101 މީހުން
• އަންހެނުންގެ ބަލިތައް : 90
• ހިތުގެ ބަލިތައް : 85 މީހުން
މީގެއިތުރުންވެސް އިތުރު 12 ބާވަތުގެ ބައްޔަށް ފަރުވާ ދިނުމަށް، 420 މީހުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލް އަދި އޭޑީކޭއިން ފަރުވާހޯދި 473 މީހުންނަށް އެހީތެރިކަން ދީފަވެއެވެ. މި ދެ ހޮސްޕީޓަލުން ހޯދި ފަރުވާއަށް 6.4 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މީގެއިތުރުން އެސިސްޓިވް ޑިވައިސްތައް ހޯދުމަށް 3 މިލިޔަން ރުފިޔާގެ އެހީތެރިކަން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު