ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

އެއަރޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި 8 ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މިމައްސަލަގައި މީގެ ކުރިން 7 މީހުން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ތިބިއިރު މިހާރު މިމައްސަލާގައި އަންގާރަ ދުވަހުގެ އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ.މަޑުއްވަރި / މީޒާން އުމުރުން 30 އަހަރުގެ އިސްމާޢީލް ސިރްޙާން އެވެ. އޭނާ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭއިން ފައިސާ ހުރި ސޫޓު ކޭހެއް ފޭރިގަތީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު 27 ވަނަ ދުވަހުގެ ފަތިހުއެވެ. ފުލުހުން ވަނީ، މިމައްސަލަ ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޭރުމުގައި ބޭނުންކުރި ލޯންޗު ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފޭރިގަތް ސޫޓު ކޭހުގައި ހުރި ފައިސާގެ އަދަދު ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، އެ ސޫޓު ކޭހުގައި ފުރާ މީހުންނަށް ބީއެމްއެލުން ދޫކުރާ 130،000 ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ މީހުންނަނީ
މާޒިން މޫސާ (25އ) – ލ. މާވަށް / ރޭޝަމް
ޢަޙްމަދު ރައިހާން ނަޢީމް (20އ) – މ. ކޯރަސް / މާލެ
އިބްރާހިމް އަނޫފް (24އ) – އަލިވިލާގެ / ކ. ގުރައިދޫ
ހުސެއިން ޝަހުދު (30އ) – އަލިވިލާގެ / ކ. ގުރައިދޫ
އަބްދުލްއައްވަލް އިބްރާހިމް (27އ) – ބިނާ / ގއ. ވިލިނގިލި
އަޙްމަދު މާހިދު (44އ) – އެހީވާގެ / ތ. ވިލުފުށި
ޢަލީ އަފްޒަލް (21އ) – ވަށަގުލިމާގެ / ސ. ހިތަދޫ

މިމައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ވިދާޅުވީ، މިހާތަނަށް 04 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން 05 އުޅަނދެއް ބަލައި ފާސްކޮށް، މާލެއާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި

Mm

ބިދޭސީން ހިންގި ފަސް ވިޔަފާރިއެއް ބަންދުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

Police vcle

21،000 ތަން ބަލައިފާސްކޮށް، 5،000 މީހުންނާ ސުވާލުކޮށްފި

TTH_advertisement