ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

އެމެރިކާއިން އީރާނާއެކު އޮންނަ ހުރިހާ މުއާމަލާތެއް ކަނޑާލުމާއެކު މަސްރަހް އިތުރަށް ނުތަނަވަސް  ވެއްޖެއެވެ.

އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ދަނީ ފެތުރެމުންނެވެ.

އެމެރިކާއިން ވަނީ، ގަތަރުގައި ގާއިމްކޮށްފައިވާ އަލް އުބައިދު އަސްކަރީ ބޭހުގައި ތިބި ސިފައިން އެތަނުން ނެރެ އެހެން ހިސާބުތަކަށް ގެންގޮސްފައެވެ. އެއީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށް ވެއެވެ.

އީރާނުން ތަކުރާރުކޮށް އިންޒާރު ދެމުން ގެންދަނީ، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދީފިނަމަ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ  ބޭސްތަކަށް ރައްދު ހަމަލާތައް ދޭނޭ ކަމަށެވެ.

އެހެންކަމުން، އެމެރިކާއިން ގަތަރު އަސްކަރީ ބޭހުން ސިފައިން ހުސްކުރުމަކީ، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ފިޔަވަޅެއް ކަމަށް މުހައްލިލުން ދެކެއެވެ.

އަލް އުބައިދު އަސްކަރީ ބޭހަކީ، އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެބޮޑު އަސްކަރީ ބޭހެވެ.

މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުންވެސް، އީރާނުން ވަނީ އަލް އުބައިދު އަސްކަރީ ބޭހަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ އެތައް ގެއްލުންތަކެއް ދީފައެވެ.

އެމެރިކާގެ ބޭސްތަކަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް އީރާނުން ކުރިންވަނީ ސާބިތު ކޮށްދީފައެވެ.

އީރާނުން މިފަހަރު ބުނަމުންދަނީ، މެދުއިރުމަތީގެ އެއްވެސް ގައުމެއްގައި ހުރި އެމެރިކާގެ ތަންތަން ސަލާމަތެއް ނުވާނެ ކަމަށާއި، އެއީ އީރާނުގެ އަމާޒުތައް ކަމަށެވެ.

އަނެއްކޮޅުން، އީރާނު އަސްކަރިއްޔާ އައިއާރްޖީސީގެ ކޮމާންޑަރ މީގެ ކުޑަ އިރުކޮޅެއް ކުރިންވަނީ، އީރާނަށް ހަމަލާ ދީފިނަމަ އެމެރިކާގެ ބޭސްތަކާއި އަދި އިސްރާއީލަށްވެސް ރައްދު ހަމަލާ ދޭނޭ ކަމަށާއި، އީރާނު އަސްކަރިއްޔާ އޮތީ އެކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ނިޝާންތައް މި ފެންނަން ފެށީ، އީރާނަށް ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކުގެ ތަފްސީލް ލިސްޓެއް، ޓްރަމްޕްގެ ޓީމުން އޭނާއާ ހިއްސާ ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި